ހަބަރު
21 Sep 2023
"ޑިމޮކްރެޓްސްގެ މެންބަރުންނަކީ ނަފްސު ވިއްކާލާނެ ބައެއް ނޫން"
ޑިމޮކްރެޓުންނަކީ ފަޅަކަށް ނަފްސު ވިއްކާލެނެ ބައެއް ނޫން ކަމަށް ވިދާޅުވެ ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
21 Sep 2023
މިއަދަށް ތާވަލްކުރި ޔާމީންގެ އިސްތިއުނާފް ކެންސަލް ކޮށްފި!
މިއަދު މެންދުރު ފަހު 2 ޖަހާއިރު ބޭއްވުމަށް ތާވަލު ކުރެވިފައިވާ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ އަޑު އެހުން ކެންސަލް ކޮށްފިއެވެ.
21 Sep 2023
އަޅުގަނޑުމެން އިސްކުރާނީ ރައްޔިތުން!
ޕީޕީއެމް ކޯލިޝަންގެ ސަރުކާރެއްގައި އިސްކުރައްވާނީ ރައްޔިތުން އަދި ދުވަހުން ދުވަހަށް ރައްޔިތުންނާއި ގާތުން ޚިދްމަތް ދިނުން ކަމަށް ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
21 Sep 2023
ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވެސް ރައީސް ޞާލިޙާއި އެއްކޮޅަށް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް ނިންމަވައިފިއެވެ.
21 Sep 2023
"ބަރުލަމާނީ ނިޒާމު ގެންނަންޏާ ޤާނޫނު އަސާސީ ޖެހޭނީ އަލުން ލިޔަން"
ބަރުލަމާނީ ނިޒާމަކަށް ދައުލަތް ހިންގުމުގެ ނިޒާމް ބަދަލުކުރާނަމަ، ޤާނޫނު އަސާސީ ޖެހޭނީ އަލުން އެކުގައި ލިޔަން ކަމަށް އެމްޑީޕީ ކުރީގެ ރައީސް އަދި މިހާރު ޢަމަލުކުރަންދާ ޤާނޫނު އަސާސީ ޑްރާފްކުރި ކޮމިޓީގެ މުޤައްރިރު، އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.
21 Sep 2023
ވެލިއުސްތައް ދުނިޔެއަށްޓަކާ ދޫކޮށްލުމުން ގައުމަށް ގެއްލުންވޭ
ތިމާ ޤަބޫލުކުރާ "ވެލިއުސް"ތައް ދުނިޔެއަށްޓަކާ ދޫކޮށްލައިފިނަމަ އެކަމުގެ ގެއްލުން ޤައުމަށްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
21 Sep 2023
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ރައޫފް ޕީޕީއެމާ ގުޅިވަޑައިގެންފި!
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި އިތުރު ބައެއް މީހުން އިދިކޮޅު ޕީޕީއެމާ މިރޭ ގުޅިވަޑައިގެންފި އެވެ.
21 Sep 2023
މުއިއްޒުގެ ވެރިކަމެއްގައި ލަންދޫގެ މަގުތަކަށް ތަރައްގީގެ ތާރު!
ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ނ ލަންދޫގެ މަގުތައް ތާރުއަޅާއިގެން ޒަމަނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.