ހަބަރު
15 Mar 2023
"ޖޭޕީގެ ވަޒީރުން އިސްތިއުފާ ދެއްވަން ޖެހެންޏާ ރައީސް ޞާލިހުވެސް އިސްތިއުފާދެއްވަން ޖެހޭ"
ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރެގެން އިންތިޚާބުގައި ވާދަކުރައްވަން ނިންމި ނިންމުމާއެކު މިހާރު ސަރުކާރުގެ މަޤާމުގައި ތިއްބެވި ޖޭޕީގެ ވަޒީރުންނާއި އެހެން ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ނެރުމަށް އެދިފައެއް ނުވާނެ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ނޫން އެހެން ކެންޑިޑޭޓެއް ނެރުމަށް އިދިކޮޅު އިއްތިހާދުން އެމަނިކުފާނުގެ ލަފާފުޅަކަށް އެދިވަޑައިގެންފައި ނޯންނާނެކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
15 Mar 2023
ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންނަށް 3 ބޭފުޅެއް؛ ތަރުޖަމާނަކަށް އަމީން
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނަށް އިތުރު ތިން ބޭފުޅަކު، އަދި އެމަނިކުފާނުގެ ތަރުޖަމާނަކަށް ބޭފުޅެއް އައްޔަން ކުރައްވައިފިއެވެ.
15 Mar 2023
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މާދަމައަށް ހަމަވާނެ
މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މާދަމާގެ މެންދުރުފަހު 3:00 އަށް ހަމަވާނެއެވެ.
15 Mar 2023
ރާއްޖެއާއި ގާނާއާއި ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހި ރާއްޖޭގެ ސަރުކާރާއި ގާނާގެ ސަރުކާރުންް ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ވާނެ ފަދަ ދެ އެއްބަސްވުމެގައި މިއަދު ސޮއިކޮށްފިއެވެ.
15 Mar 2023
"ތަރައްގީގެ ކުލަތައް ފެންނާނީ، ދުޅަހެޔޮ ސިއްހަތެއް ލިބިގެން"
އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ވިޔަސް ތަރައްޤީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
15 Mar 2023
"ކުރީ ސަރުކާރުގެ މަޝްރޫއުތަކުގެ ކްރެޑިޓް ނެގުމަކީވެސް ކޮރަޕްޝަން"
ކުރީ ސަރުކާރުގެ މަޝްރޫއުތައް އަމިއްލަކޮށް، އެ މަޝްރޫއުތަކުގެ ފުލް ކްރެޑިޓް ނެގުމަކީވެސް ކޮރަޕްޝަންކަމަށް މަޖިލީހުގެ ފަރެސްތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ސަރުކާރު ކުންފުނިތަކަށް އޮތީ ކޮރަޕްޝަން ހިންގުން މަތިކޮށްފައި"
ސަރުކާރުން އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކޮރަޕްޝަން ހިންގުމުގެ އެންމެހާ ކަންކަން ކުރުމަށް މަތިކޮށްފައި ކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
15 Mar 2023
އެއަރޕޯޓު ހުޅުވައިދެއްވަން ރައީސް ޞާލިހު ފަރެސްމާތޮޑާ އަށް!
މިއަދު ގދ.ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
15 Mar 2023
"ޖަލުން ސަލާމަތްވާން ވެގެން ނަޝީދު އަދީބާއެކު ވަގު ޑީލު ހެދި"
ޖަލުން މިނިވަންވެ ވަޑައިގަންނަވަން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ނެންގެވުމަށް އަހުމަދު އަދީބާއެކު ރައީސް މުހައްމަދު ނަޝީދު ޑީލު ހެއްދެވިކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ތުހުމަތުކުރައްވައިފި އެވެ.