ހަބަރު
15 Mar 2023
އެއަރޕޯޓު ހުޅުވައިދެއްވަން ރައީސް ޞާލިހު ފަރެސްމާތޮޑާ އަށް!
މިއަދު ގދ.ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
15 Mar 2023
"ޖަލުން ސަލާމަތްވާން ވެގެން ނަޝީދު އަދީބާއެކު ވަގު ޑީލު ހެދި"
ޖަލުން މިނިވަންވެ ވަޑައިގަންނަވަން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ނެންގެވުމަށް އަހުމަދު އަދީބާއެކު ރައީސް މުހައްމަދު ނަޝީދު ޑީލު ހެއްދެވިކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ތުހުމަތުކުރައްވައިފި އެވެ.
15 Mar 2023
ޖޭޕީއިން އިންތިޚާބުގައި ވާދަކުރަން ނިންމުމުން ރައީސް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ
ޖުމްހޫރީ ޕާޓީ އިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދް ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
15 Mar 2023
ފިކުރެއްގެ ދިރުމާއި ޖޭޕީން ޖޮއިންޓު ޕާލަމެންޓްރީ ގުރޫޕެއް ހަދަނީ
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ ތެރެއިން އުފައްދާފައިވާ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ ގުޅިގެން ޖޮއިންޓު ޕާލަމެންޓްރީ ގުރޫޕެއް އުފެއްދުމަށް މަޝްވަރާތައް ފައްޓާނެކަމަށް ފިކުރެއްގެ ދިރުމުގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
14 Mar 2023
ރައީސް ޞާލިޙް ގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރާނެ: ޢަލީ ޒާހިރު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕް ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
14 Mar 2023
"ޖޭޕީގެ ނިންމުމާއެކު ދެން ރައީސް ޞާލިހަށް އެމްޑީޕީއަށް ވެރިކަން ހޯދައެއް ނުދެވޭނެ"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަން ޔަގީން ކުރެވޭކަމަށް މަޖިލީހުގެ ނައިބުރައީސާ އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
14 Mar 2023
"ދައުލަތުގެ ވަސީލަތްތައް ރައީސް ޞާލިހު ނަހަމަގޮތުގައި ބޭނުން ނުކުރާކަން އަޅުގަނޑަށް އެނގޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދައުލަތުގެ އެއްވެސް ވަޞީލަތެއްގެ ބޭނުން ނަހަމަގޮތުގައި ނުކުރައްވާކަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އެނގިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
14 Mar 2023
ސަރުކާރުގައި ހުރި ޖޭޕީގެ މަގާމްތައް ހުސްކުރަންޖެހޭ: ޝިފާއު
ސަރުކާރުގެ މަގާމް ތަކުގެ ތެރެއިން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރުން ފުރުއްވަމުންދާ މަގާމްތަކުން އެ މެންބަރުން ވަކިކޮށް އެ މަގާމްތައް ހުސްކުރަންޖެހޭ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.