16 Mar 2023
ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރަން ކުރިން ހުއްދަނަގަން ނުޖެހޭގޮތް ހަދައިފި
ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކުރިން ހުއްދަ ނަގަން ޖެހޭގޮތަށް އޮތް ގަވައިދު ޓްރާންސްޕޯޓު މިނިސްޓްރީން އުވާލައިފި އެވެ.
16 Mar 2023
ރައީސް ޔާމިންގެ އިސްތިއުނާފު ފޯމު އިސްލާހުކޮށް އަލުން ހުށައަޅައިފި
ކުރީގެ ރައީސް ޢަބްދުالله ޔާމިން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ޙުކުމުގެ އިސްތިއުނާފުގައި އިސްލާހުކުރަން ހައިކޯޓުން އެންގި ކަންކަން އިސްލާހު ކުރުމަށްފަހު އަލުން އެމައްސަލަ ހައިކޯޓަށް ހުށައަޅައިފި އެވެ.
16 Mar 2023
"އެޗްޑީސީން ބިމެއް ނުވިއްކާ، ޚިޔާނާތް ތެރިވި މުވައްޒަފު ސަސްޕެންޑުކޮށްފި"
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) އޮޅުވާލައިގެން އެއްވެސް ފަރާތަކަށް ބިމެއް ވިއްކާފައި ނުވާނެ ކަމަށާއި، އާންމު ފަރާތަކަށް އޮޅުވާލައިގެން ކ. ތިލަފުށިން ބިމެއް ވިއްކަން ކަމަށް ބުނެ ރިޝްވަތު ނެގި އެކުންފުނީގެ މުވައްޒަފަކު މިހާރު ސަސްޕެންޑުކޮށްފައި ވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
16 Mar 2023
އެމްއެމްޕީއާރުސީގެ ހިޔާނާތް: އަލީ ޖަލީލަށް ދައުވާކުރަން ފޮނުވައިފި
އެމްއެމްޕީއާރުސީގެ މައްސަލައިގަ ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
16 Mar 2023
ޖޭޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
16 Mar 2023
ބީވީއައިއެސްއެމް އެދުނު ގޮތަށް އިންތިހާބާ ބެހޭ ގާނޫނު ބަދަލުކުރަނީ
ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ވެސް އެހެން މީހެއްގެ އެހީތެރިކަމެއް ނެތި، ސިއްރު ވޯޓެެއް ލެވޭ ފަދަ އާލާތެއް ބޭނުންކުރެވޭ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު ބަދަލުކުރަން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
16 Mar 2023
އެއް ދައުރެއްގައި 6 އެއާޕޯޓު ނިންމާނެ ރައީސްއަކީ ރައީސް ޞާލިހް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެގެންދާނީ އެއް ދައުރެއްގެ ތެރޭގައި 6 އެއަރޕޯޓު ތަރައްޤީކޮށް, ހުޅުވައިދެއްވާ ފުރަތަމަ ރައީސަށްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
16 Mar 2023
ފަރެސްމާތޮޑާ އެއާޕޯޓާއެކު ހުވަދު އަތޮޅަށް ދިރުން ގެނުވާނެ: އެމްޓީސީސީ
ގދ. ފަރެސްމާތޮޑާ އެއާޕޯޓަކީ، މުޅި ހުވަދު އަތޮޅަށްވެސް ދިރުން ގެނުވަދޭނެ އެއާޕޯޓެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.