ހަބަރު
13 Mar 2023
ރައީސް ނަޝީދު ފެކްޝަނުން ބާއްވާ މާހެފުމެއް މިރޭ
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދް ނަޝީދަށް ތާއީދު ކުރާ އެމްޑީޕީގެ ފެކްޝަނުން މިރޭ އެމްޑީޕީގެ މެމްބަރުންނަށް މާހެފުމެއް ދެއްވަން ނިންމަވައި ދައުވަތު ފޮނުވައިފިއެވެ.
13 Mar 2023
ގާޒީ ޝަކީލް، ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކޮށްފި
ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލު، ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފި އެވެ. ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
13 Mar 2023
"އިންތިޚާބަށް ދައުލަތުގެ މުދާ ބޭނުންކުރާ މައްސަލައަށް ހައްލު ބޭނުންވޭ"
އިންތިޚާބަށް ދައުލަތުގެ މުދާ އަދި ދައުލަތުގެ މީޑިޔާ ބޭނުންކުރަމުން ގެންދިޔުމާއި މެދު ކަންބޮޑުވުން ފާލުކޮށް އެކަމަށް ހައްލު ހޯދުމަށް މަޖްލީހުގެ ރައީސް އެދިވަޑައިގެންފިއެވެ.
13 Mar 2023
ރޯދަމަހު ހަވީރު މާލޭގައި މުދާ އުފުލުން މަނާ
ރޯދަމަހު ހަވީރު 16:30 ފެށިގެން ރޭގަނޑު 20:00 އަށް މާލޭގައި މުދާ އުފުލުން މަނާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެފިއެވެ.
13 Mar 2023
ޕޯސްޓުން ރާއްޖެއަށް އެތެރެކުރި ކެނަބިސް އަތުލައިގެންފި
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި 120 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
13 Mar 2023
"ނުފޫޒު ފޯރުވާ ނަމަ ވޯޓު ފޮށިތައް ބަނދަރުން ހޮވަން ޖެހިދާނެ"
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ފޯރުވަމުންދާ ނުފޫޒު ތަކަށް އިލެކްޝަންސް ކޮމިޝަނުން ބޯލަނބައިފި ނަމަ، ވޯޓު ފޮށިތައް ރަށްރަށުގެ ބަނދަރުން ހޮވާ ހިސާބަށް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޠާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
13 Mar 2023
"އިދިކޮޅުގެ އަމާޒަކީ ތިމާމެން ވެރިކަން ނުކުރާނަމަ ޤައުމު ފަނާކޮށްލުން"
އިދިކޮޅު ގެ އަމާޒަކީ ތިމާމެން ނޫން އެހެން ބަޔަކު ވެރިކަމުގައި ތިބިއްޔާ ޤައުމު ފަނާކޮށްލަން މަސައްކަތް ކުރުން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
13 Mar 2023
"ކުންފުނިތަކުން މީޑީއާތަކަށް ދޭންވީ ފައިސާ އަންގަނީ ރައީސް އޮފީހުން"
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މީޑިއާ ތަކަށް ދޭންވާ ފައިސާގެ އަދަދު އަންގަނީ ރައީސް އޮފީހުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.