12 Jan 2023
ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި
މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
12 Jan 2023
30،000 ރުފިޔާގެ އިނާމް ލިބޭ "ކޮބާ ރަސީދު" ކެމްޕޭން ފަށައިފި
1 ޖަނަވަރީ 2023 ގައި ޖީ.އެސް.ޓީގެ ރޭޓަށް އައިސްފައިވާ ބަދަލާގުޅިގެން، ވިޔަފާރިތަކުން ރަސީދު ތައްޔާރުކުރަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމުގެ އިތުރުން، ވިޔަފާރިތަކުން ރަސީދު ދޫކުރުމަށް، އަދި ވިޔަފާރިކުރާ ފަރާތްތަކުން ރަސީދު ހޯދުމަށް ބާރުއެޅުމުގެ ގޮތުން "ކޮބާ ރަސީދު" ގެ ނަމުގައި ހޭލުންތެރިކުރުމުގެ ހާއްސަ ކެމްޕޭނެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށައިފިއެވެ.
12 Jan 2023
"ޝަރީއަތުގެ ރިޕޯޓް ނުދެނީ އިންޑިއާއިން ހުއްދަ ނުދޭތީ ކަމަށް ވެދާނެ"
ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ދައުލަތުން ޖުރި ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އަދިވެސް ޔާމީންގެ ވަކީލުންނާއި ހަވާލު ނުކުރަނީ އިންޑިޔާ އިން ހުއްދަ ނުދޭތީ ކަމަށްވެސް ވެދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.
12 Jan 2023
"ވޯލްޑް ބޭންކުގެ އަންދާޒާތަކަކީ ސަރުކާރުގެ އަންދާޒާތަކަށްވުރެ މަތި"
ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފައިވާ ޢަދަދުތަކަކީ ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާ ތަކުން އަންދާޒާކުރިވަރަށް ވުރެވެސް މަތީ އަދަދުތަކެއްކަމަށް ފިނޭންސް މިނިސްޓަރ، އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
12 Jan 2023
ވަޒީފާ ގިނަވަނީ ތަރައްގީގެ މަޝްރޫއުތައް ގިނަވާތީ: މިއުވާން
ސަރުކާރު ކުންފުނިތަކުގެ ވަޒީފާތައް ގިނަވަނީ ތަރައްގީގެ މަޝްރޫއުތައް ގިނަވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Jan 2023
800މިލިއަން ކަމައްބުނާ ތިރިޒާވަކީ 2 ކޮޅުންކާވެނެއް: ސައީދު
ފާއިތުވި ޑިސެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ރިޒާވުގައި 800 މިލިއަން ހުރި ކަމަށް ބުނާއިރު، އެ ރިޒާވަކީ ދެކޮޅުންކާ ވެނެއް ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
12 Jan 2023
ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގަށް ހުރަސް ނޭޅުމަށް ގޮވާލައިފި
ދިވެހި ސަރުކާރުން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއަޅަމުންދިއުން ބައިނަލްއަގުވާމީ ޖަމުއިއްޔާތަކުން ކުށްވެރިކޮށްފި އެވެ.
12 Jan 2023
މީދޫ އަދި ހޯރަފުށީގައި ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދަނީ
ރ. މީދޫ އަދި ހއ. ހޯރަފުށީގައި ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.