16 Jan 2023
އާރޓް ގެލެރީ ބަންދުކޮށްފައި ހުންނަތާ ގިނަދުވަސް ވާތީ ކަންބޮޑުވުން
ނޭޝަނަލް އާރޓް ގެލެރީ މަރާމާތަށް ބަންދުކޮށް، ވަރަށް ގިނަ ދުވަސްތަކެއް ވަމުންދާތީ, 'މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީ'އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
16 Jan 2023
"ސަރުކާރުން ރައްޔިތުންގެ އަނގަމަތީ ޓޭޕު އަޅާ މާއްދާ 27 ކަފުންކޮށް ވަޅުލައިފި"
މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިއްބައިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އަޅަމުންދާތީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ނުރުހުން ފާޅުކުރައްވައިފި އެވެ.
16 Jan 2023
"ރާއްޖެއަކީ އިންޑިޔާގެ ބައެއް ކަމަށް ބުނި ބުނުން، އިސްލާހުކުރަން ޖެހޭ"
ދިވެހިރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވި ވިދާޅުވުން، ރަސްމީކޮށް އިސްލާހު ކުރަންޖެހޭ ކަމަށް ކުރީގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
15 Jan 2023
"ރައީސް ޔާމީންގެ ނަންފުޅު 2023 ގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ނަންފުޅު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
15 Jan 2023
ސައުދުﷲ ރާއްޖެ ސިފަކުރެއްވީ އިންޑިޔާގެ ބައެއްގެ ގޮތުގައި
އިންޑިއާގެ ބައެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވެ، ރާއްޖެ އަކީ އިންޑިޔާގެ ބައެއްގެ ގޮތުގައި ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ސައުދުالله އަހުމަދު ސިފަކުރައްވައިފިއެވެ.
15 Jan 2023
"ރައީސް ޞާލިހަށް 2ވަނަ ދައުރެއް ދީފިނަމަ ވާނީ ގައުމީ ތަކުލީފަކަށް"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެ ވަނަ ދައުރެއް ދީފިނަމަ އެކަން ވާނީ ގައުމީ ތަކުލީފަކަށް ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
15 Jan 2023
އިންތިހާބަށް ސަރުކާރުންވެސް އެބަ ނުފޫޒް ފޯރުވާ: ހަބީބު
ސަރުކާރުންވެސް އިންތިހާބުތަކާ ދިމާކޮށް ވޯޓަށް ނުފޫޒު ފޯރުވާ ކަމަށާއި ވޯޓުލާ މީހާއަށް ވޯޓުލާން ޖެހެނީ އެތައް ނުފޫޒް ތަކަކާއި އެކުގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެ އެވެ.
15 Jan 2023
ރިޔާސީ އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރާނެ މަރުކަޒެއް އަދިވެސް ނުލިބޭ: އީސީ
ރިޔާސީ އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރާނެ މަރުކަޒެއް އަދިވެސް ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.