14 Jan 2023
ބޮޑު ކާމިޔާބީއެއް ހޯދުމަކީ ގިނަ ވާދަވެރިންނާ ވާދަކޮށް ކުރި ހޯދުން: އިމްރާން
ބޮޑު ކާމިޔާބީއެއް ހޯދުމަކީ ގިނަ ވާދަވެރިންނާ ވާދަކޮށް ކުރި ހޯދުން ކަމަށް ހޯމް މިނިސްޓްރު އިމްރާން ވިދާޅުވެއްޖެއެވެ. މި ސަރުކާރުގެ ކޯލިޝަން ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޮޑު ކާމިޔާބީއެއް ލިބުނުކަމަށް ވާނީ ގިނަ ވާދަވެރިންނާ، ބޮޑެތި އަދާވާތްތެރިންނާ ވާދަކޮށް ކުރި ހޯދުމުން ކަމަށެވެ. އަދި  ކާމިޔާބީގެ ފޮނިކަމެއް އިހުސާސް ކުރެވޭނީ ރަނގަޅަށް ވާދަ ކޮށްލައިގެން ކާމިޔާބު ލިބުމުން ކަމަށެވެ.
14 Jan 2023
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާތީ ބައެއް މަގުތަކާއި ފަޅުތައް ބަންދު ކުރަނީ
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާތީ ދެ ދުވަހު ބައެއް މަގުތަކާއި ފަޅުތައް ބަންދު ކުރާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.
14 Jan 2023
ނަޝީދުގެ ކެމްޕޭނަށް ޕީޕީއެމް މީހުން ފޮނުވާތީ ސަމާލުވާން ޝަރީފް އެދެފި
އެމްޑީޕީ ރިޔާސީ ޕްރިމަރީއަށް ތައްޔާރުވުމަށް މުހައްމަދު ނަޝީދު ބާއްވަވާ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވާން ޕީޕީއެމް މީހުން ފޮނުވާތީ އެކަމަށް ސަމާލުވުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެދިވަޑައިގެންފިއެވެ.
13 Jan 2023
ރައީސް ގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި، ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
13 Jan 2023
ހުކުމް ތަންފީޒް ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެ
މިމަހުގެ 8 ވަނަ ދުވަހު މާލެޖަލަށް ހުކުމް ތަންފީޒުކުރުމަށް ގެނައި ގައިދީއެއް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
13 Jan 2023
"ސިޔާސީ ނިންމުންތައް ނިންމާނީ ދީނީ މަސްލަހަތަށް ބަލާފައި"
އަދާލަތު ޕާޓީގެ ސިޔާސީ ނިންމުންތައް އަބަދުވެސް ނިންމާނީ އިސްލާމް ދީނާއި ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް ހާސިލް ކުރެވޭނެ ގޮތް ބަލައިގެން ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން ވިދާޅުވެއްޖެއެވެ.
13 Jan 2023
"ގުރުއާނުގައިވާ އަގީދާ ޅަދަރިންގެ ހިތުގައި ބިންވަޅު ނަގައި ނުދެވިއްޖެނަމަ ގައުމު ނިކަމެތިވާނެ"
ކީރިތި ޤުރުއާނުގައިވާ މަތިވެރި ޢަޤީދާއާއި ޢިލްމު އަހަރަމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނުނެގިއްޖެ އެއްދުވަހުން އަނެއް ދުވަހަށް، ޤައުމު ދާނީ ނިކަމެތިވެ ދަށު ދަރަޖައަށް ވެއްޓެމުން ކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ.
13 Jan 2023
ރައީސް ޔާމީނަށް ލިބޭ އިސްތިއުނާފު ކުރުމުގެ ހައްގަށް ސަރުކާރުން ވަނީ ހުރަސްއަޅާފަ"
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރު ދުވަހުގެ ޖަލުހުމުން މަތީ ހޯޓުގައި އިސްތިއުނާފުކުރުމަށް އެމަނިކުފާނަށް ގާނޫނު އަސާސީއިން ލިއްބައިދީފައިވާ ހައްގަށް ސަރުކާރުން ހުރަސްއަޅާފައި ވާ ކަމަށް އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.