11 Jan 2023
"4 ދައުރު ވެރިކަމަށް ނިކުތް މީހަކު އެހެން މީހުންނަށް ކިޔާނެ އެއްޗެއް ނޯންނާނެ"
ވިދިވިދިގެން 4 އަހަރު ވެރިކަމަށް ކުރިމަތިލެއްވި ބޭފުޅެއް، އެހެން މީހުން ވެރިކަން ބޭނުންވެގެން އުޅޭ ވާހަކަ ނުދެއްކުން ރަނގަޅުވާނެކަމަށް ވިދާޅުވެ މެމްބަރު ރޮޒޭނާ ނަޝީދަށް ރައްދުދެއްވައިފި އެވެ.
11 Jan 2023
ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.
11 Jan 2023
ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާ ދުވަހަށް ރައީސް ހަނިމާދުއަށް!
ހދ. ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާ ދުވަހަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެރަށަށް ވަޑައިގަންނަވަށް ހަމަޖައްސައިފިއެވެ.
11 Jan 2023
"ޚިޔާލުފާޅުކޮށްގެން އެންމެ ގިނަ މީހުން ހައްޔަރުކުރީ ރައީސް ޞާލިހުގެ ވެރިކަމުގައި"
ޚިޔާލުފާޅުކޮށްގެން އެންމެ ގިނަ މީހުން ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
11 Jan 2023
ރައީސް ޞާލިހު ގެ ހުޅުމާލޭ ބައްދަލުވުން މިރޭ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފަޓއިވާ, ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެމްޑީޕީގެ ހުޅުމާލޭ މެންބަރުންނާއި މިރޭ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
11 Jan 2023
އެތައް ސަތޭކަ ޕްރެޖެކްޓެއް ކުރިއަށް ދާއިރު ބައެއްކަންކަން ލަސްވޭ: މަހުލޫފް
އެއްފަހަރާ އެތައް ސަތޭކަ ޕްރެޖެކްޓެއް ކުރިއަށް ދާއިރު، ތަފާތު ސަބަބުތަކާ ހެދި ބައެއްކަންކަން ލަސްވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
11 Jan 2023
"ގޯއްޗާއި ފުލެޓް މި އަހަރު ދޭނެ ކަމަށް ވިދާޅުވަނީ ވޯޓު ހޯދާކަށް ނޫން"
އެއްވެސް ސަރުކާރަކުން ނުހިންގާ ވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށައިގެން ސަރުކާރުން ކުރިއަށް ގެންދާ ކަމަށާ، އަދި މާލޭގެ އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ފުލެޓާއި ގޯތި ދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
11 Jan 2023
"އޭރު ވެރިކަމުގައި ހުރި އިރުވެސް ކުރީ މުޒާހަރާ؛ އެދުވަސް އިއާދަވާން ނޭދެން"
އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމަށް އައިސްވެސް ކުރީ މުޒާހިރާ ކަމަށާއި އެހެންނަމަވެސް ދެން އެދުވަސް އިއާދަވާން ނޭދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.