ހަބަރު
15 Dec 2022
ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އެއް އަހަރު ވެއްޖެ: ޑރ.މުޢިއްޒު
މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ނުވަތަ މާލޭގެ ލޭންޑް ޔޫސް ޕްލޭން ކައުންސިލުން ސަރުކާރަށް ހުށަހަޅާފައި އޮންނަތާ އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް އެ ޕްލޭން ފާސްކޮށްދީފައި ނުވާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
15 Dec 2022
މިސްބާޙުގެ މައްޗަށް ދައުވާ ކުރަން ރައީސް ޔާމީން ނިންމަވައިފި
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް އާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.
15 Dec 2022
"މަރު ކޮމިޝަނުން ކުރިން ބުނީ ރިޟްވާންގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވޭނެ ހެއްކެއް ނެތްކަމަށް"
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ގުޅުވޭނެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެންމެ ފުރަތަަމަ އެކުލަވައިލެއްވި މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެެއެވެ.
15 Dec 2022
"ކުނި ކަހާ މަސައްކަތަށް ނަގާ މުވައްޒަފުންނަށް މުސާރައަށް 9،600ރ ލިބޭނެ"
މާލެ އާއި ވިލިމާލޭގެ އާއްމު ތަންތަނުގައި ކުނި ކެހުމަށް، މާލެ ސިޓީ ކައުންސިލުން ނަގާ މުވައްޒަފުންނަށް މުސާރަ އަކަށް 9,600 ލިބޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
15 Dec 2022
"ތިކި" އެޕްލިކޭޝަނަށް އަހަރު ފުރުމާއި ގުޅިގެން ތެލަސީމިއަރ ސްކްރީނިންގ ހަރަކާތެއް
"ތިކި" އެޕްލިކޭޝަނަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް އިހައްދޫ ސްކޫލު އަދި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ބޮޑެތި ދަރިވަރުންގެ ތެލަސީމިއަރ ސްކްރީނިންގ ހަދައިދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.
15 Dec 2022
‏މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ފާސްކޮށްފި
މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ސޯޝަލް ހައުސިންގް ޔުނިޓް މަޝްރޫޢުގެ ދަށުން މާލެ ހިޔާ ސިނަމާލެ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުގެ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކައުންސިލުން ފާސްކޮށްފިއެވެ.
15 Dec 2022
ރިޟްވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓް މިއަދު ރައީސަށް އަރުވަނީ
މަރާލެވިފައިވާކަމަށް ތަޙުޤީޤަށް ސާބިތުވެފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރާއި ގުޅިގެން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަން ނިންމައިފިއެވެ.
15 Dec 2022
"ބައެއް އަނބިން ދެކޭ ގޮތުގައި ފިރިމީހާ ކުރާ އަނިޔާއަށް ކެތް ކުރުމަކީ ދީނީ ވާޖިބެއް"
ފިރިމީހާގެ ކިބައިން އެތައް އަނިޔާއެއް ލިބުނު ނަމަވެސް، އެ އަނިޔާއަށް ކެތް ކުރުމަކީ ދީނީ ވާޖިބެއް ކަމަށް ބައެއް އަނބިން ދެކޭ ކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޝެއިޚް ސައުދާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.