23 Nov 2022
ހެލްތު މިނިސްޓްރީއަށް ސްޕީޑު ބޯޓު ގަތުމަށް ގަލްފް ކްރާފްޓާއެކު ސޮއިކޮށްފި
މިނިސްޓްރީ އޮފް ހެލްތަށް 13 ސްޕީޑު ބޯޓު ގަތުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އާއެކު ސޮއި ކުރައްވައިފި އެވެ.
23 Nov 2022
ކުރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތުގެ ސުލޫކީ މައްސަލައެއް ބަލަނީ
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ސަފްވަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބަަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެެވެ.
23 Nov 2022
"އުއްމީދޭ ކިޔައިގެން ދަރަނި އަރަންޏަށް ވަންޏާ އެންމެ ބާރަށް އެހެން ކިޔާނީ އަޅުގަނޑު"
2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށް ސަރުކަާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވިދާޅުވާއިރު، އެފައިން އުއްމީދޭ ކިޔައިގެން ދަރަނި އަރަންޏަށް ވަންޏާ އެންމެ ބާރަށް އުއްމީދޭ ކިޔާނީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވެއްޖެއެވެ.
23 Nov 2022
"ބޮޑު މުސާރަ ލިބޭއިރު ވަގުތަށް މަޖިލީހަށް ނާންނަކަމީ ބޮޑު ހިތާމައެއް"
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް 80,000 އަށްވުރެ ބޮޑު މުސާރައެއް ގެއަށް ގެންދަން ލިބޭއިރު، ވަގުތަށް މަޖިލީހަށް ހާޒިރު ނުވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
23 Nov 2022
އިސްލާމިކް މިނިސްޓްރީ އެންމެން ކާފަރުކުރުން ބަލައިނުގަނެވޭނެ: އަދާލަތު
ސިޔާސީ ވާދަވެރިކަމުގައި ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓަރަށާއި އެ މިނިސްޓްރީގެ މުވައްޒަފުން ކާފަރުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފިއެވެ.
22 Nov 2022
"އައްޑޫ ސިޓީން ހައްޔަރުކުރި މީހެއްގެ ގެއިން އެކްޕްލޯސިވް ކެމިކަލް ފެނުނު"
އައްޑޫ ސިޓީން ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓްއަށް ތާއީދުކުރާ ކަމަށް ބުނެ ހައްޔަރުކުރެވުނު މީހުންގެ ތެރެއިން މީހެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށްގެން ތިން ބާވަތެއްގެ ނުރައްކާތެރި އެކްސްޕްލޯސިވް ކެމިކަލް ފެނިފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.
22 Nov 2022
މާދަމާ އަކީ ސައުދީ އަރަބިއްޔާއަށް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި
ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް 2022 ގައި މިއަދު އާޖެންޓީނާ އާއި ދެކޮޅަށް ކުޅެ ސައުދީ އަރަބިއްޔާއިން މެޗު ކާމިޔާބު ކުރުމާއި ގުޅިގެން، މާދަމާ އަކީ އެ ގައުމަށް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
22 Nov 2022
އިންޑިއާގެ، ބްރެޒިލް އަދި އާޖެންޓީނާގެ ސަޕޯޓަރުން ތަޅާފޮޅުމަކަށް
ދުނިޔޭގެ ފެންވަރުގައި ކުޅެވޭ އެންމެ ފޯރި ގަދަ ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް ފެށިފައިވާއިރު، އެ މުބާރާތުގައި ކުޅޭ ބްރެޒިލް އަދި އާޖެންޓީނާ އަށް ސަޕޯޓް ކުރާ އިންޑިއާގެ ސަޕޯޓަރުންތަކެއްގެ މެދުގައި ހަމަނުޖެހުން ތަކެއް ހިނގައިފިއެވެ.