ހަބަރު
21 Nov 2022
"މަހުގެ މިހިސާބު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާވެސް ނޯންނާނެ"
މަހުގެ މިހިސާބަށް އަންނައިރު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާވެސް ނޯންނާނެ ކަމަށާ އެމީހުން ދިރިއުޅެމުންދަނީ ސަލާން ޖަހައިގެން ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
21 Nov 2022
ނިރުފެހިގެއިން ފެނުނު ފައިތިލައިގެ ޑީއެންއޭ ސާމްޕަލް ނަގައި ތަހުލީލު ކުރަނީ
މި މަހުގެ 10 ވަނަ ދުވަހުގެރޭ މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ޢިމާރާތް ސާފުކުރަމުންދަނިކޮށް ފެނުނު ފައިތިލައިގެ ޑީއެންއޭ ސާމްޕަލް ނަގައި އެއީ ކާކުގެ ފައިތިލައެއްތޯ ބެލުމަށް ތަހުލީލު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
21 Nov 2022
ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ހުދުސަމާލު
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކަނޑު ގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ.
21 Nov 2022
ބޭރުގެ މަސްބޯޓެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފި
ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
20 Nov 2022
ވޯލްޑް ކަޕް ގެ މެޗުތައް ބަލަން މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބޮޑު ސްކްރީންތަކެއް
މިރޭ ގަތަރުގައި ފަށާ ވޯލްޑް ކަޕުގެ މެޗުތައް ބަލަން މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބޮޑު ސްކްރީނުތައް ބަހައްޓައިފި އެވެ.
20 Nov 2022
ރައްޔިތުންގެ މަޖިލީހަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީތަކަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
20 Nov 2022
މަހާތީރަށް މެލޭޝިއާގެ އާއްމު އިންތިހާބުގައި ނާކާމިޔާބީ
މެލޭޝިޔާގައި އިއްޔެ ކުރިއަށްދިޔަ އާންމު އިންތިހާބުން އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު، އަދި ސިޔާސީ މައިދާނުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އެއް ޝަޚުޞިއްޔަތު، ޑރ.މުހައްމަދު މަހާތީރު މުހައްމަދު ނާކާމިޔާބީއާއި ކުރިމަތިލައްވަންޖެހިއްޖެއެވެ.
20 Nov 2022
އާރަށު މައްސަލަ: އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދިއްޖެ!
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރި މައްސަލާގައި ދައުލަތުން ކުރާ ދައުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ދައުވާ ލިބޭ ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.