ހަބަރު
15 Nov 2022
އައު ބާވަތެއްގެ މަސްތުވާއެއްޗެއް އެތެރެކުރަނިކޮށް އަތުލައިގެންފި
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
14 Nov 2022
"ހައްޔަރުކުރި މީހުން އުޅުނީ އައިއެސް އާއި ގުޅިގެން ގިނަބަޔަކު މަރާލަން"
އައްޑުއާއި މާލެއާއި ކ. ގުރައިދޫގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުން ރާވަމުންދިޔައީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާއި ގުޅިގެން ޓެރަރިސްޓު ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
14 Nov 2022
ޓެކުސް ބޮޑުކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއިން ތިން މީހަކު ހައްޔަރުކޮށްފި
ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޖިލީހުގެ އިދާރާ ކައިރީ މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
14 Nov 2022
ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ދިޔަ މުވައްޒަފަކު ސަސްޕެންޑްކުރި މައްސަލަ!
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ދާދިފަހުން އައްޑޫ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ދިޔަ ފެނަކައިގެ މުވައްޒަފަކު ސަސްޕެންޑްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
14 Nov 2022
ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި
ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން މަކަރާއި، ހީލަތުން މޯބައިލް ފޯނެއް ގަންނަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
14 Nov 2022
ކޯރަމް ހަމަނުވެގެން ޓެކްސް ބިލަށް ވޯޓަށް އެހޭ ގޮތެއް ނުވި!
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރުމަށްފަހު، ބަހުސަށް ހުޅުވާލުމުން ބަހުސް ގައި ބައިވެރިވާނެ މެންބަރެއް ނެތި, މަޖިލީހުގެ ކޯރަމްވެސް ހަމަ ނުވުމުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެއްޖެެއެވެ.
14 Nov 2022
ވޯލްޑް ކަޕްގެ މެޗުތައް ބޮޑު ސްކްރީން ގައި ދެއްކުން މީޑިއާ ނެޓުން މަނާކޮށްފި!
މި އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފީފާ ވޯލްޑް ކަޕް 2022" ގެ މެޗުތައް ބޮޑު ސްކްރީނުގައި ދެއްކުން މީޑިއާ ނެޓުން މަނާކޮށްފިއެވެ.  ރާއްޖޭގައި ފޯރިއާއެކު ގިނަ ބަޔަކު ބޮޑު ސްރީންގައި ބަލަމުން އަންނަ ކުޅިވަރުގެ މި ބޮޑު ހަރަކާތް ބޮޑު ސްރީންގައި ރާއްޖޭގައި ބެލުން ހުއްޓުވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ. މޑީއާނެޓުން އަންނަނީ ބޮޑު ސްރީން ބަހައްޓަން މަސައްކަތް ކުރާ ފަރާތްތަކަށް އިންޒާރުގެ ސިޓީ ފޮނުވަމުންނެވެ. އެގޮތުން އެފަދަ ސިޓީއެއްގެ ކޮޕީ ވަނީ ވޮއިސް އަށް ލިބިފައެވެ.
14 Nov 2022
މިއަދު ނުކުމެގެން ދާންޖެހުނަސް ހިތްހަމަޖެހޭ ވަރަށް ކަންތައް ކޮށްދެވިއްޖެ: މަހުލޫފް
މިއަދު ނުކުމެގެން ދާންޖެހުނަސް ވަރަށް ހިތްހަމަޖެހިލައިގެން ހުރެގެން ދެވޭ ވަރަށް ކަންކަން ކޮށްދެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.