10 Nov 2022
ރޭގެ ފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމްތައް ކުރުމަށް ގޮވާލައިފި
އިސްކަންދަރުމަގުގައި ހުންނަ މ. ނިރުފެހީގެ ތިރީ ގަރާޖުގައި އަލިފާން ރޯވެ ރޭ ހިނގި ފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ކުރެވޭނޭ ނިޒާމެއް ކަނޑައަޅައި، ހަރުދަނާ ސިޔާސަތެއް އެކަށައެޅުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފިއެވެ.
10 Nov 2022
ޗާގޯސް މައްސަލާގައި މައުލޫމާތު ހިއްސާ ނުކުރާ ކަމަށް މަޖިލީހުން ބުނެފި
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވި ވާހަކަ ރައްޔިތުންގެ މަޖިލީހުން ދޮގު ކޮށްފި އެވެ.
10 Nov 2022
އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންނަށް އެންޑީއެމްއޭ އިން އެހީ ވަނީ
އިސްކަންދަރުމަގުގައި ހުންނަ މ. ނިރުފެހީގެ ތިރީ ގަރާޖުގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންނަށް އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
10 Nov 2022
މިހާތަނަށް 9 މީހުން މަރުވެ، އެކަކު ހާލު ކްރިޓިކަލް
މާލެގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން މިހާތަނަށް 9 މީހުން ނިޔާވެފައިވަކަމަށް އެމްއެންޑީއެފްއިން ކަށަވަރު ކޮށްދީފި އެވެ. އިސްކަންދަރުމަގުގައި ހުންނަ މ. ނިރުފެހީގެ ތިރީ ގަރާޖުގައި އަލިފާން ރޯވީ 12:30 އެހާކަންހާއިރު އެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 4:34 ގައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.
10 Nov 2022
ގަރާޖުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އިސްކަންދަރު މަގުގައި ހުންނަ މ. ސެންޑްރޯސް ގޭގައި ރޯވި އަލިފާން ގަނޑު ނިއްވާލައިފިއެވެ. އެމްއެންޑީއެފް އިން ބުނީ މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހަދިސާއެއް ހިނގައިގެން ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 00:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
09 Nov 2022
މަޖިލީހުގެ މެންބަރުކަމުން ރައީސް ނަޝީދު ވަކިކުރަަން ސުޕްރީމް ކޯޓަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، މުހައްމަދު ނަޝީދު، މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
09 Nov 2022
ކޮޕް ސަމިޓަށް ފަހު ރައީސް ނަޝީދު އިޓަލީއަށް
މިސްރުގައި ކުރިއަށް ދިޔަ ކޮޕް27 ސަމިޓަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިޓަލީއަށް ވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
09 Nov 2022
"ފައްޔާޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް 15 އަހަރު ތެރޭގައި އުވިގެން ދާނޭ"
މަސްވެރިކަމުގެ ސިނާއަތް ފަނަރަ އަހަރު ދުވަހުގެ ތެރޭގައި އުވިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.