ހަބަރު
07 Nov 2022
"ސަރުކާރުގެ އިސްލާހުން މަސްދަރު ހާމަކުރުން ލާޒިމުކުރުމުގެ މަގުސަދު ގެއްލޭ"
ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން، ނޫސްވެރިން މަސްދަރު ހާމަކުރުން ލާޒިމުކުރުމަށް ސަރުކާރުން ހެއްކާ ބެހޭ ޤާނޫނުގައި މާއްދާއެއް ހިމެނުމުގެ މަޤުޞަދު ގެއްލޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
07 Nov 2022
ވިސާ ނެތި ސާބިއާއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަން މަޝްވަރާކޮށްފި
ރާއްޖެއާއި ސަރބިއާއާ ދެމެދު އޮން-އެރެއިވަލް ވިސާ ހަމަޖެއްސުމާމެދު މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ޝާހިދު، ސާބިއާގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް ސަރބިއާ، އިވިއްސާ ޑޭސިކްއާ މަޝްވަރާ ކުރައްވައިފިއެވެ.
07 Nov 2022
"ޗެނަލަށް ފައިސާ ހޯދުމަށް "ބޭފުޅަކު" މެމްބަރުންނަށް ބިރުދައްކަން ފަށައިފި"
ވޯލްޑްކަމާއި ދިމާކޮށް ރާއްޖޭގައި ހިންގާ ވަކި ޓީވީ ޗެނަލަކަށް ފައިސާ ހޯދުމަށް "ބޭފުޅަކު" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކަމުން ދާ ކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ތުހުމަތު ކުރައްވައިފިއެވެ.
07 Nov 2022
އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އިހުތިޖާޖު މިއަދުވެސް ކުރިއަށް!
ޢަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލް ޝުޖާއު ޢަބްދުލް ރަހީމް އެ ސުކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމުން ވަކިކޮށް އެ ސުކޫލު ހިންގުން އިސްކަންދަރު ސުކޫލް ޕްރިންސިޕަލް ހުސައިން ސަޢީދާއި ހަވާލު ކުރުމާއި ގުޅިގެން އަރަބިއްޔާގެ ބެލެނިވެރިން މިއަދުވެސް އިހްތިޖާޖް ކޮށްފިއެވެ.
07 Nov 2022
1443 ވަނަ އަހަރު ހައްޖުކޯޕަރޭޝަނުން މައްކާ ހޮޓަލަށް 39 މިލިއަން!
1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި މައްކާ ހޮޓަލުގައި ތިބި 23 ދުވަހަށް ހައްޖު ކޯޕަރޭޝަނުން 39 މިލިއަން ޚަރަދުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
07 Nov 2022
ރައީސް ޔާމިންވެސް ހުރީ ވާނެ ވައުދަކާއި މެދު ވިސްނަން: ނިހާދު
އައްޑޫ ސިޓިގައި މިސަރުކާރުން ހިންގާ މަޝްރޫޢުތައް ގިނަކަމުން، އިދިކޮޅު ކޯލިޝަނުން ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް ހުންނެވީ އައްޑޫޢަށް ވާނެ ވަޢުދަކާއިމެދު ވިސްނަވަން ކަމަށް އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
07 Nov 2022
"ނޫސްވެރިން ދޮގުހަދާ ވާހަކަ ދައްކަވާއިރު، މަޖިލީސް މެމްބަރުންވެސް ހަދަނީ ދޮގު"
ނޫސްވެރިން ދޮގު ޚަބަރު ފަތުރާ ވާހަކަ މަޖިލީސް މެމްބަރުން ދެއްކެވުމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ފާޑުވިދާޅުވެއްޖެއެވެ.
07 Nov 2022
"ކޯޓުތަކުން އިންސާފު ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ހޯދައިދީފި"
ދިވެހިރާއްޖޭގެ ކޯޓުތަކުން ރައްޔިތުންނަށް އަދުލު އިންސާފު ލިބިގެންދާނެކަން މި ސަރުކާރުން ކަށވަރުކޮށްދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.