ހަބަރު
19 Oct 2022
ކޯޓުން އަމުރުކުރިއަސް މިނިސްޓްރީއަށް ބާތިލުކުރަން ފެންނަ ރަޖިސްޓްރީތައް ބާތިލު ކުރަމުންދާނެ
ރާއްޖޭގައި ގަވައިދާ ޚިލާފަށް ރަޖިސްޓްރީކުރި އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފައި އޮތް ނަމަވެސް، ބާތިލުކުރަން ފެންނަ ރަޖިސްޓްރީތައް ބާތިލު ކުރަމުންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
19 Oct 2022
ތްރީލައިން ވިޕެއް ނެރުމުން އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލް އޮތް ގޮތަށް ފާސް ކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރުމުން އެޕާޓީގެ މެދު ހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު އަލީ އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
19 Oct 2022
ވަކީލަކު ހަމަޖައްސާނެ މާލީ ތަނަވަސްކަން ނެތިފައި!
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުނއގެ ތެރެއިން ދައުވާ އުފުލާފައިވާ މީހެއް، ވަކީލަކު ހަމަޖައްސާނެ މާލީ ތަނަވަސްކަން ނެތި، އާއްމުންގެ އެހީއަށް އެދިއްޖެއެވެ.
19 Oct 2022
ސިޔާސީ މީހަކަށް ވެގެން މުޅި ގައުމު ފަނާކޮށްލީ، ފައިސާއަށް: ޢަލީ
ބޮޑެތި ސިއްރުތައް ދަންނަ ސިޔާސީ ބޭފުޅަކަށް ވެގެން، ކުޑަކުޑަ ފައިސާކޮޅަކަށް މުޅި ޤައުމު ފަނާކޮށްލާފައިވާ ކަމަށް ބުނެ ޖަމިއްޔަތުއްސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ، ޢަލީ ރަމީޒު ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން އަށް ނުސީދާގޮތެއްގައި ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
19 Oct 2022
އެމްއެންޑީއެފް މެޑިކަލް ކޯރއިން ކަމަދޫގައި މެޑިކަލް ކޭމްޕެއް ފަށައިފި
އެމްއެންޑީއެފް މެޑިކަލް ކޯރއިން "ސިފައެހީ މެޑިކަލް ކޭމްޕް" ގެ ނަމުގައި ބ.ކަމަދޫގައި ކޭމްޕެއް ފަށައިފިއެވެ.
19 Oct 2022
"ސިޔާސީ ޕާޓީތަކަށް ލާރިދޭކަށް ނުޖެހޭ، ލާރި ހޯދަން ޗަންދާ ނަގާ"
އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ލާރި ދޭން ނުޖެހޭކަމަށާއި، ސިޔާސީ ޕާޓީތަކުން ލާރި ހޯދަންވާނީ މެމްބަރުން އަތުން ޗަންދާ ނަގައިގެންކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
19 Oct 2022
މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
ހަލުވިކަމާއެކު ޑެންގީ ފެތުރެމުންދާތީ ހުޅުމާލޭގައި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ފަށައިފިއެވެ.
19 Oct 2022
ޓެލެގްރާމް ގުރޫޕްތަށް ހައްދުންނެއްޓި އަގަށް މީހުން މަރާނެ މީހުން ހޯދަނީ!
ޓެލެގްރާމްގައި އެކި ނަންނަމުގައި ގުރޫޕްތައް ހަދައި، އަގުދީގެން ނުބައި ފާހިޝް ކަންކަމާއި، ބޮޑެތި ކުށްތައް ކުރުން އާއްމު ކަމަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަން އެކިފަހަރު މަތިން ފެންމަތިވަމުން ގޮސްފައިވެއެވެ. އެފަދަ ގުރޫޕު ގިނަވެ, ހައްދުން ނެއްޓޭ ހިސާބަށް މިވަނީ ގޮސްފައެވެ.