18 Oct 2022
ވޯލްޑް ކަޕް ބޮޑުއަގުގައި މީޑީއާނެޓަށް: "ބްރޯޑްކޮމް ކޮންޓްރޯލް ކުރަނީ ފައްޔާޒްކަން އެނގޭ"
ބްރޯޑްކާސްޓް ކޮމިޝަން ކޮންޓްރޯލް ކުރަނީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ތުހުމަތު ކުރައްވައިފިއެވެ.
ތޯރިގު މިފަދައިން ވިދާޅުވެފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅި ގަރާރަށް ވާހަކަދައްކަވަމުންނެވެ. އެ ގަރާރަކީ ތަފާތުކުރުމެއް ނެތި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށާއި ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން ހަލާކުކޮށްލަން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރެކެވެ.