ހަބަރު
28 Sep 2022
ކުނީގެ މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރެވެމުން
ކުނީގެ މައްސަލަ ޙައްލު ކުރުމަށް ކުނބުރުދޫގައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އެ މަސައްކަތް ނިމި ކުނި މެނޭޖްކުރެވޭނެ ވަޞީލަތްތައް ޤާއިމުކުރެވި އެ މަސައްކަތް ފެށުމަކީ ދިއްދޫގެ ކުނީގެ މައްސަލަޔަށް ޙައްލުތަކެއް ލިބިގެންދާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
28 Sep 2022
"ބައި-އިލެކްޝަންތަކަށް ތިން މިލިއަނަށްވުރެ ގިނައިން ޚަރަދުކޮށްފި"
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ބޭއްވުނު ބައި-އިލެކްޝަންތަކަށް ތިން މިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދުކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
28 Sep 2022
އަމީނީމަގުން ގަސް ކެނޑުން ހުއްޓުވައިދޭން އެދި ރައީސް ނަޝީދު ކޯޓަށް!
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމަގުގައި ހުރި ބައެއް ބިޔަ ގަސްތައް ކަނޑަމުންދާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މާދަމާ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
28 Sep 2022
އަންނަ ހަފްތާގައި އެއާޕޯރޓްގެ އައު ރަންވޭ ބޭނުންކުރަން ފަށަނީ
އަންނަމަހުގެ 6 ވަަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވައި، ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް)ން ބުނެފިއެވެ.
28 Sep 2022
ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހަތަރު ރަށެއްގައި ޕެރޭޑް ބާއްވާނެ
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ރާއްޖޭގެ ހަތަރު ރަށެއްގައި ޕެރޭޑް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
28 Sep 2022
"ބައެއް މީހުން ހަމައެކަނި ކަންބޮޑުވަނީ މަގުމަތީ ހުރި ގަހެއް ކަނޑައިގެން"
އެއްޖިންސުން ގުޅުން ހިންގައި އެކަން އާއްމު ކުރާ އިރުވެސް ބައެއް މީހުން ކަންބޮޑުވަނީ މަގުމަތީ ހުރި ގަހެއް ކަނޑާލައިގެން ކަމަށް ބުނެ ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ފާޑުވިދާޅުވެއްޖެއެވެ.
28 Sep 2022
ކުރީގެ އިސް މެޖިސްޓްރޭޓެއްގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަނީ
ކުރީގެ އިސް މެޖިސްޓްރޭޓެއްގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
28 Sep 2022
ފަތުވާ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރިއަށް
އިސްލާމީ ފަތުވާ ދޭ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.