31 Aug 2024
ފިނޮޅަކަށް ދަތުރު ދިޔަ މީހަކު ގެއްލިގެން ހޯދަނީ
ރައްޓެހިންނާއެކު މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް އިއްޔެ ދަތުރުދިޔަ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފައިވާ ކަމަށް މީޑިއާތަކުން ބުނެފިއެވެ.
31 Aug 2024
މަސްތުވާތަކެތި ޓްރެފިކްކުރި ފަތުރުވެރިއަކު އުމުރަށް ޖަލަށް
ރާއްޖެއށް މަސްތުވާތަކެތި ޓްރެފިކްކުރި ފަތުރުވެރިއަކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
31 Aug 2024
މޫސުން ގޯސްވެ ބ އަތޮޅު ފެށިގެން މ އަތޮޅަށް ހުދު ސަމާލުނެރެފި
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ބ އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.
31 Aug 2024
ހުޅުމާލެ ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން ދުވާރުމަތި ސާފުކުރުމުގެ މަސައްކަތް ފަށައިފި
ހުޅުމާލެ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.
31 Aug 2024
ފަރުވާއަށްފަހު އަތުހަރު، ފުލުހުންގެ ބެލުމުގެ ދަށަށް
ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް ބިރުދެއްކި މައްސަލައިގަ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަހުމަދު އަހުތަރު، ފަރުވާއަށްފަހު މިއަދު ހެނދުނު ހޮސްޕިޓަލުން ދޫކޮށްލަައިފިއެވެ.
30 Aug 2024
އަޚްތަރުގެ ހައްޔަރުގައި ހުއްޓާ ހާލު ދެރަވެގެން ހޮސްޕިޓަލަށް
ރޭ މާލޭގައި އަންހެނަކު ރަހީނުކޮށް ބިރުދެއްކި ފިރިހެންމީހާ ހައްޔަރު ކޮށްފައި ވަނިކޮށް ހާލު ދެރަވެގެން އަނެއްކާވެސް ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.
30 Aug 2024
އަދީބު އާއެކު އޮތީ ކެބިނެޓް ވަޒީރަކަށް ވީތީ އޮތް ގުޅުމެއް އެކަނި: ރައީސް މުއިއްޒު
ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއެކު އޮތީ ކެބިނެޓް ވަޒީރަކަށް ވީތީ އޮތް ގުޅުމެއް އެކަނި ކަމަށާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައެއް ނޯންނާނޭކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2024
ބްރިޖުގެ އެންމެ ލޭނެއްވެސް މަދެއް ނުވާނެ: ރައީސް މުޢިއްޒު
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި އަޅާފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ އެންމެ ލޭނެއްވެސް މަދު ނޫން ކަމަށް ރައީސް މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.