ފަލަސްތީން
02 Jun 2024
"ފަލަޞްޠީނާއެކު ދިވެހިން"ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ހިނގާލުމެއް ބާއްވަނީ
"ފަލަސްޠީނާއިއެކު ދިވެހިން" ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. މި ހިނގާލުން ބާއްވާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. މުޅި ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ މި ހިނގާލުން ކުރިއަށް ގެންދާނީ ސަރުކާރުގެ އިސްނެގުމުގެ މަތިން، ސަރުކާރުގެ އެކިއެކި މުވައްސަސާތަކާ ގުޅިގެންނެވެ.
02 Jun 2024
ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ މަގުޗާޓު އިސްރާއީލުން ގަބޫލުކޮށްފި
ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ހާމަކުރި މަގު ޗާޓު އިސްރާއީލުން ބަލައިގެންފައިވާކަމަށް އެގައުމުގެ ހައްދު ފަހަނަ އަޅާފައިވާ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި ގާތް މީހަކު ބުނެފިއެވެ.
02 Jun 2024
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށްދޭން ނިންމުމުން ރައީސްގެ މަރުހަބާ
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށް ދޭން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.
01 Jun 2024
ގަތުލުއާއްމު ހުއްޓާލަން ބޭނުންވާކަމަށް އިސްރާއީލުން ބުނެފި
ޔަހޫދީންގެ ޣައަރު ގާނޫނީ ދައުލަތްކަމަށްވާ އިސްރާއީލުން ގަތުލުއާއްމު ހުއްޓާލަން ބޭނުންވާކަމަށް ބުނެ, އެކަމާއި ގުޅޭ މަގުޗާޓެއް ހާމަކޮށްފިއެވެ.
01 Jun 2024
ޔަހޫދީ ފައުޖު ޖަބަލިއާއިން ފޭބީ މުޅިތަން ސުންނާފަތިކޮށްލާފައި!
މެދުކެނޑުމެއްނެތި 20 ދުވަހު ހަމަލާދިނުމަށްފަހު، ޔަހޫދީ ފައުޖު ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާއިން ފައިބައިފިއެވެ.
31 May 2024
އަނިޔާވެރިކަން ނިމުމަކަށް ގެންނަން ކުރެވެންހުރި ކަމެއް، ނުކުރާ މީހާ ފާފަވެރިވާނެ
ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގެންފައިވާ ޒަޔަނިސްޓް ޔަހޫދީން، ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލު ޢާއްމާއި އެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި އެއްވެސް ކަމެއް، ނުކޮށް ހުންނަ ކޮންމެ މީހަކު ފާފަވެރި ވާނެ ކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
30 May 2024
އެރެޒް ކްރޮސިންއިން ދިވެހިންގެ އެހީގެ 2 ވަނަ ޓްރަކް ޣައްޒާއަށް ވަދެއްޖެ!
އެރެޒް ކްރޮސިންއިން ދިވެހިންގެ އެހީގެ 2 ވަނަ ޓްރަކް ޣައްޒާއަށް ވަދެއްޖެއެވެ.
29 May 2024
އެމެރިކާގެ ރިޔާސީ ކެންޑިޑޭޓެއް ބޮންތަކެއްގައި މުސްލިމުންގެ ދުވަސް ދުއްވާލުމަށް ސޮއިކޮށްފި
ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓް ނިކީ ހާލީ އިސްރާއީލަށް ކުރި ދަތުރުގައި ޔަހޫދީން ޣައްޒާ އަށް އަޅަން ތައްޔާރު ކޮށްފައިވާ ބޮން ތަކެއްގައި މުސްލިމުންގެ ދުވަސް ދުއްވާލުމަށް ލިޔެ ސޮއިކޮށްފިއެވެ.
29 May 2024
ތިން ގައުމަކުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފި
އަޔަލެންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ.
29 May 2024
ފަލަސްތީނަށްޓަކައި ފަތިސް އަދި މަޣުރިބު ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި
ފަލަޞްޠީނުގެ ހިތްދަތި ޙާލަތާގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫނު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓަރީން ނިންމައިފިއެވެ.