ފަލަސްތީން
25 May 2024
ރަފާހަށް ހަމަލާދިނުން ހުއްޓާލަން ކުރި އަމުރަށް ރައީސް ގެ މަރުހަބާ
ޔަހޫދީ ފައުޖުން ރަފާހް އަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލަށް ކުރި އަމުރާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
25 May 2024
ރަފާހް އަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން އަމުރުކޮށްފި
ޔަހޫދީ ފައުޖުން ރަފާހް އަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލަށް އަމުރުކޮށްފިއެވެ.
23 May 2024
މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައިގެން ނަމެއް ދޭން ހުށަހަޅައިފި
މާލޭގެ މޭޔަރ، އާދަމް އާޒިމް ވިދާޅުވީ މާލޭގައި ނަން ނުދީ އޮތް ދެ މަގެއް އެބައޮތް ކަމަށާއި އެތަނުން މަގަކަށް ނުވަތަ އެހެން މަގަކަށް ނަމަވެސް ފަލަސްތީނު ހިނގުން ފަދަ ނަމެއް ކިޔަން ފެނޭތޯ ކައުންސިލުގެ ލަފަޔަކަށް އެދި ހުށަހަޅާ ކަމަށެވެ.
23 May 2024
ރަފާހުގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް މެދުކަނޑާލައިފި
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ރަފާހްއަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ރެފިއުޖީންނަށް އދ ގައި އުފައްދާފައިވާ ރިލީފް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އިން ރަފާހް ގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.
22 May 2024
ތިން ގައުމަކުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނަނީ
އަޔަލެންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްތީނަކީ ދައުލަތް ކަމަށް ރަސްމީކޮށް ބަލައިގަތުމަށް ނިންމައިފިއެވެ.
21 May 2024
ރަފާހް ދޫކޮށް ދިޔަ މީހުންގެ އަދަދު 950,000 އަށް!
ޔަހޫދީ ފައުޖުން ކެނޑިނޭޅި ފަލަސްތީނުގެ ރަފާހަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ރަފާހް ދޫކޮށް ދިޔަ މީހުންގެ އަދަދު 950،000 އަށް އަރައިފިއެވެ.
21 May 2024
ނަތަންޔާހޫ ހައްޔަރުކުރުމަށް ހުށަހެޅި ހުށަހެޅުމަށް ސަރުކާރުން މަރުހަބާ ކިޔައިފި
ފަލަސްޠީނުގެ ޙާލަތާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)ގެ ޕްރޮސެކިއުޓަރ، އެ ކޯޓުގެ ޕްރީ-ޓްރަޔަލް ޗެމްބަރ - 1 އަށް ހުށައަޅުއްވާފައިވާތީ އެކަމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
20 May 2024
ނަތަންޔާހޫ ހައްޔަރުކުރަން އަމުރަށް ހުށައެޅުމުން ރައީސް ގެ މަރުހަބާ!
އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގައި އެދުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.