ފަލަސްތީން
01 Jun 2024
ޔަހޫދީ ފައުޖު ޖަބަލިއާއިން ފޭބީ މުޅިތަން ސުންނާފަތިކޮށްލާފައި!
މެދުކެނޑުމެއްނެތި 20 ދުވަހު ހަމަލާދިނުމަށްފަހު، ޔަހޫދީ ފައުޖު ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާއިން ފައިބައިފިއެވެ.
31 May 2024
އަނިޔާވެރިކަން ނިމުމަކަށް ގެންނަން ކުރެވެންހުރި ކަމެއް، ނުކުރާ މީހާ ފާފަވެރިވާނެ
ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގެންފައިވާ ޒަޔަނިސްޓް ޔަހޫދީން، ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލު ޢާއްމާއި އެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި އެއްވެސް ކަމެއް، ނުކޮށް ހުންނަ ކޮންމެ މީހަކު ފާފަވެރި ވާނެ ކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
30 May 2024
އެރެޒް ކްރޮސިންއިން ދިވެހިންގެ އެހީގެ 2 ވަނަ ޓްރަކް ޣައްޒާއަށް ވަދެއްޖެ!
އެރެޒް ކްރޮސިންއިން ދިވެހިންގެ އެހީގެ 2 ވަނަ ޓްރަކް ޣައްޒާއަށް ވަދެއްޖެއެވެ.
29 May 2024
އެމެރިކާގެ ރިޔާސީ ކެންޑިޑޭޓެއް ބޮންތަކެއްގައި މުސްލިމުންގެ ދުވަސް ދުއްވާލުމަށް ސޮއިކޮށްފި
ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓް ނިކީ ހާލީ އިސްރާއީލަށް ކުރި ދަތުރުގައި ޔަހޫދީން ޣައްޒާ އަށް އަޅަން ތައްޔާރު ކޮށްފައިވާ ބޮން ތަކެއްގައި މުސްލިމުންގެ ދުވަސް ދުއްވާލުމަށް ލިޔެ ސޮއިކޮށްފިއެވެ.
29 May 2024
ތިން ގައުމަކުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފި
އަޔަލެންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ.
29 May 2024
ފަލަސްތީނަށްޓަކައި ފަތިސް އަދި މަޣުރިބު ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި
ފަލަޞްޠީނުގެ ހިތްދަތި ޙާލަތާގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫނު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓަރީން ނިންމައިފިއެވެ.
28 May 2024
އިޒްރޭލުން ރަފާހްއަށް ދިން ހަމަލާ ރައީސް މުޢިއްޒު ކުށްވެރި ކުރައްވައިފި
ފަލަސްތީނަށް އިޒްރޭލުގެ ޔަހޫދީން ދެމުން ގެންދާ ލާއިންސާނީ ހަމަލާ ތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މުސްލިމުން ހިޔާވަހިކަން ހޯދަމުންދިޔަ ރަފާހްގެ ކޭމްޕަށް އިޒްރޭލު ނިރުބަވެރި ސިފައިން ދިން ހަމަލާތައް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފިއެވެ.
27 May 2024
އިޒްރޭލުގެ ގަތުލުޢާއްމާ ހުއްޓާލަން ސިޑްސްގެ ލީޑަރުން ގޮވާލަންޖެހޭ
ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުޢާއްމާ ދެކޮޅަށް ހުރިހާ ކުދި ޖަޒީރާ ގައުމުތައް (ސިޑްސްގެ ގައުމުތައް)ތެދުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.