ފަލަސްތީން
06 Jun 2024
ޣައްޒާގެ ގަތުލުއާއްމާއި ގުޅޭ މައްސަލައިގައި ސްޕެއިން އިން ބައިވެރިވަނީ
ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާއްމާއި ގުޅިގެން ދެކުނު އެފްރިކާއިން އިސްރާއީލާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ސްޕެއިން އިން ބައިވެރިވުމަށް ހުށަހަޅައިފިއެވެ.
05 Jun 2024
އައިއޭސީއިން ޣައްޒާއަށް ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެނީ
އައިއޭސީއިން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެވަނީ ޣައްޒާގެ އަވަށެއް ކަމަށްވާ ދައިރް-އަލް-ބަލަޙްގައި، މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް، ދުވާލަކު 12 ހާސް ލީޓަރުގެ ފެން ފޯރުކޮށްދެވެމުން ދާކަމަށެވެ.
04 Jun 2024
ފަލަޞްޠީން މިނިވަން ކުރުމަށް ގޮވާލާ ހިނގާލުމެއް ގއ.ގެމަނަފުށީގައި ބާއްވައިފި
ފަލަޞްޠީނާއެކު ގެމަނަފުށި ތިބިކަން އަދި ފަލަޞްޠީން މިނިވަން ކުރުމަށް ގޮވާލާ ހިނގާލުމެއް ބާއްވާފައި ވަނީ މިއަދު ހަވީރުއެވެ. މި ހިނގާލުމުގައި ގެމަނަފުށީގެ ކުދިބޮޑު އެންމެން ބައިވެރިވެފައިވެއެވެ.
04 Jun 2024
ރަފަޙް ބޯޑަރު ހުޅުވޭނީ އިސްރާއީލުން އެތަނުން ދުރަށް ޖެހުމުން: މިސްރު
ރަފަޙް ބޯޑަރު ހުޅުވޭނީ އިސްރާއީލުން އެތަނުން ދުރަށް ޖެހުމުން: މިސްރު
03 Jun 2024
އިސްރާއީލަކީ މުޅި އިންސާނިއްޔަތަށް ހުރި ނުރައްކަލެއް: އުރުދުޣާން
ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލަކީ މުޅި އިންސާނިއްޔަތަށް ހުރި ނުރައްކަލެއްކަމަށް ތުރުކީ ގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.
03 Jun 2024
އިސްރާއިލް ޕާސްޕޯޓް ބޭން ކުރަން ނިންމުމުން ގިނަ ބައެއްގެ ޗުއްޓީ މަންޒިލަކަށް ރާއްޖެ!
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލްގެ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލު ޢާއްމާއި ގުޅިގެން އިސްރާއިލް ޕާސްޕޯޓް އޮންނަ މީހުން ރާއްޖެއައުން މަނާ ކުރުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމާއެކު ގިނަ ބައެއްގެ ޗުއްޓީ މަންޒިލްގެ ބަކެޓް ލިސްޓަގައި ރާއްޖެ ހިމެނިއްޖެއެވެ.
02 Jun 2024
ރާއްޖެއިން އިޒުރޭލު ޕާސްޕޯޓް މަނާކުރަން އުޅޭ ޚަބަރު ދުނިޔޭގެ ސަމާލުކަމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވީ އިސްރާއީލު ޕާސްޕޯޓް މަނާކުރުމަށް ވަރަށް އަވަހަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. މި ކަން އިޢުލާން ކުރެއްވުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ޚަބަރު ވަނީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލު ކަމަށް އައިސްފައެވެ. އެގޮތުން 'ދަ މިޑްލް އީސްޓް އައި' އާއި އިންޑިއާ ޓުޑޭ އަދި އެސޯސިއޭޓު ޕްރެސް (އޭޕީ) އިން ވެސް އެ ޚަބަރު ވަނީ ގެނެސް ދީފައެވެ.
02 Jun 2024
"ފަލަޞްޠީނާއެކު ދިވެހިން"ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ހިނގާލުމެއް ބާއްވަނީ
"ފަލަސްޠީނާއިއެކު ދިވެހިން" ގެ ނަމުގައި މުޅި ރާއްޖޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. މި ހިނގާލުން ބާއްވާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. މުޅި ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ މި ހިނގާލުން ކުރިއަށް ގެންދާނީ ސަރުކާރުގެ އިސްނެގުމުގެ މަތިން، ސަރުކާރުގެ އެކިއެކި މުވައްސަސާތަކާ ގުޅިގެންނެވެ.