ފަލަސްތީން
08 Oct 2023
ޣައްޒާ ދޫކޮށް ދިޔުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް އަންގަނީ
ފަލަސްޠީނުގެ ހަމާސްގެ ހަނގުރާމަވެރިންނާއި އިޒްރާއިލްގެ ޔަހޫދީންނާއި މެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ޣައްޒާގެ ބިން ދޫކޮށް ދިޔުމަށް ޣައްޒާގެ ރައްޔިތުންނަށް އިޒްރާއިލްގެ ޔަހޫދީން އަންގަމުން އެބަދެއެވެ.
08 Oct 2023
ޣައްޒާގެ ހާހެއްހާ އެޕާޓްމެންޓް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފަ!
ފަލަސްޠީނުގެ ޣައްޒާގައި މީހުން ދިރިއުޅޭ ހާހެއްހާ އެޕާޓްމެންޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް އައިއޭސީ އިން ބުނެފިއެވެ.
08 Oct 2023
މިހާތަނަށް ފަލަސްޠީނުގެ 313 މީހަކު ޝަހީދުވެއްޖެ
ފަލަސްޠީނުގެ ހަނގުރާމަ ވެރިންނާއި އިޒްރާއިލާއު ދެމެދު ކުރިއަށްދާ ހަމަލާ ބަދަލު ކުރުން ތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 313 އަށް އަރައިފައިވާ ކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.
08 Oct 2023
ފަލަސްތީނުގެ ބިންތައް މިނިވަންކުރަން އަދާލަތު ޕާޓީން ގޮވާލައިފި
ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އަނބުރާއެމީހުންގެ ވަޒަނަށް ރުޖޫޢަވެ، ފަލަސްޠީނު ރައްޔިތުންނަށް ޙައްޤުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ޤާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ޙައްޤު ހޯދައިދިނުމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ.
08 Oct 2023
ތިން ގަޑިއިރުތެރޭ، ޣައްޒާ ފަންޑަށް، އެއް ލައްކަ ރުފިޔާ!
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ޢުދުވާނުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން ހުޅުވާލި، "ޣައްޒާ އެމެޖެންސީ ރިލީފް ފަންޑް" އަށް ތިން ގަޑިއިރު ތެރޭގައި އެއް ލައްކަ އަށްވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އައިއޭސީން ބުނެފިއެވެ.
08 Oct 2023
ޝަހީދު ވެފައިވާ މީހުންގެ ހަށިތައް ޢިމާރާތްތަކުގެ ދަށުން ނެރެނީ!
ފަލަސްޠީނުގެ ހަނގުރާމަވެރިން އިޒްރާއިލްގެ ރައްޔިތުން އުޅޭ ސަރަހައްދުތަކަސް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރާއިލުން ވައިގެ ހަމަލާތަކުގެ ސަބަބުން ހަލާކުވި ޢިމާރާތްތަކުގެ ދަށުން ޝަހީދުވެފައިވާ މީހުންގެ ހަށިތައް ނެރެން ފަށައިފިއެވެ.
08 Oct 2023
ފަލަސްޠީނަށް އެހީވުމުގެ ފުރުސަތު އައިއޭސީން ހުޅުވާލައިފި
ފަލަސްޠީނު އަނެއްކާވެސް އޮތީ ކުއްލި އެހީއަށް ބޭނުންވެފައި ކަމަށާއި، އެހީ ފޯރުކޮށްދިނުމަށް މިހާރު ހުޅުވާލެވިފައިވާ ކަމަށް އިންޓަރ ނޭޝަނަލް އެއިޑްސް ކެމްޕޭނުން ބުނެފިއެވެ.
08 Oct 2023
ފަލަސްޠީނުގެ މައްސަލައަކީ މުޅި އުންމަތާއި ގުޅިފައިވާ މައްސަލައެއް!
ފަލަސްޠީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތާއި ގުޅުން ހުރި މައްސަލައެއްކަމަށް ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.