ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)
11 Apr 2024
ޕީއެންއެފްގެ އައު ލޯގޯ އާއި ދިދަ ފާސްކޮށްފި
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް، ޕީއެންއެފްގެ އައު ލޯގޯ އާއި ދިދަ ފާސްކޮށްފިއެވެ.
10 Apr 2024
ޕީއެންއެފްގެ ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވީ އަޅުގަނޑުގެ އެންގުމާ ހިލާފަށް: ރައީސް މުޢިއްޒު
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ގިޔާޒުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާއަށް އެސްއޯ ފުލުހުން ގޮސް ހުރަސް އެޅީ އެ މަނިކުފާނުގެ އެންގެވުމާ ހިލާފަށް ކަމަށާއި އެކަމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުލިއާގޭގައި މިއަދު އާންމުންނާ އީދު ސަލާމްކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް އެސްއޯ ފުލުހުން ނުފޮނުވުމަށް ފުލުހުންނަށް ވަރަށް ސާފުކޮށް އިރުޝާދުދެއްވާފައިވާނެ ކަމަށެވެ.
10 Apr 2024
ޕީއެންއެފް އުފައްދާ ޖަލްސާ ބާއްވައިފި، ވަގުތީ ރައީސަކީ ޒޭން
ޕީއެންއެފް އުފައްދާ ޖަލްސާ ބާއްވައިފި، ވަގުތީ ރައީސަކީ ޒެއިން
10 Apr 2024
ގާނޫނާ ޚިލާފު ނުވާ ސިޔާސީ ހަރަކާތްތަކަށް ޖާގަ ދޭނަން: ސަރުކާރު
ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ހަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަމާ، އަދި ސިޔާސީ ޙަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް މި ސަރުކާރުން ފަހިކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ދީފި އެވެ.
09 Apr 2024
ޕީއެންއެފް އުފައްދާ ޖަލްސާ ފެށުމަށް ތައްޔާރުވެއްޖެ!
ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް މިރޭ ގިޔާސުއްދީން ސްކޫލުގައި ބާއްވަން އޮތް ޖަލްސާ އަށް ފުލުހުން ހުރަސް އެޅުމުން އެ ޖަލްސާ ރާޅުގަނޑު ސަރަހައްދަށް ބަދަލުކޮށްފިއެވެ.
09 Apr 2024
މިރޭގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަކީ ސަޕްރައިޒެއް ކަމަށް ޕީއެންއެފްއިން ބުނެފި
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް މިރޭ ބާއްވަން ހަމަޖެހިފައިވާ ޚާއްސަ ޖަލްސާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަކީ ސަޕްރައިޒެއް ކަމަށް ޕީއެންއެފްއިން ބުނެފިއެވެ.
08 Apr 2024
ޕީއެންއެފް އުފައްދާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމައިފި
މުޙައްމަދު މަލީހު ޖަމާލު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނުގެ ޕާޓީ ޕީއެންއެފް އުފެއްދުމަށް ބާއްވާ ތާރީޚީ ޖަލްސާ އަންގާރަ ދުވަހުގެ ރޭ 9:15 ގައި އޮންނާނެ ކަމަށެވެ. މި ޖަލްސާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ ޣިޔާސުއްދީން ސުކޫލު ހޯލުގައެވެ.
07 Apr 2024
ޕާޓީ އުފައްދާ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ: ޕީއެންއެފް
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީއެންއެފްގެ ފުރަތަމަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެފިއެވެ.
01 Apr 2024
ޝަރީއަތް ލަސްކުރީ ސަރުކާރުން އަތް ބާނައިގެން: ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފް ޝަރީއަތް ލަސްކުރަނީ ސަރުކާރުން އަތްބާނައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
20 Mar 2024
ޔުނިފޯމު ބާލައި ގަންޖުފަރާހެއް ލައިގެން އިންޑިއާ ސިފައިން މިތާ ތިބޭކަށް ނުޖެހޭ: ޔާމީން
ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވަން ޔުނިފޯމު ބަދަލުކޮށްގެން "ގަންޖުފަރާހެއް ލައިގެން" އިންޑިއާގެ ރާއްޖޭގައި ސިފައިން ތިބެން ނުޖެހޭ ކަމަށާއި އެ މީހުން ފޮނުވާލަން މި ސަރުކާރުން އަންގަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.