21 May 2026
ތިން ރައީސުންގެ ނިންމުންތައް ތަންފީޒުކުރުމަށް އެއްބާރުލުންދޭން ޕީއެންއެފުން ނިންމައިފި
ޕީއެންއެފުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ދައުލަތުގެ އެންމެހާ ބާރުތައް ފެށި އަދި ދެމި އޮންނާނީވެސް، ރައްޔިތުންގެ ކިބައިގައިކަށް ބަޔާންކޮށްފައިވާއިރު ދައުލަތް ހިންގުމުގެ ދުސްތޫރީ އޮނިގަނޑުން ބޭރުން ސަރުކާރުން ކަންކަން ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޝަރުއީ ނިޒާމަށް ވެރިކަމުގެ ބާރުން ބާރު ފޯރުވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ