ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
22 Sep 2023
"އެންމެންގެ މުސާރަ ބޮޑުކުރާނީ 5 އަހަރަށް ބަހާލައިގެން"
މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންފި ނަމަ، ވެރިކަމުގެ 5 އަހަރަށް ބަހާލައިގެން މިނިވަން މުއައްސަސާ ތަކާއި، ސަރުކާރުގެ މުވައްޒުން އަދި ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
21 Sep 2023
ޝިޔާމްގެ ތުހުމަތު- ރައީސް މާލޭގައި ބަނޑަހަ ޖަހައިގެން ހުންނަވަނީ ދެވަނަ ބުރުން ވައްކަން ކުރައްވަން
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ކެމްޕެއިން ކުރެއްވުމަށް އަތޮޅު ތެރެއަށް ވަޑައިނުގެން މާލޭގައި ބަނޑަހަ ޖަހައިގެން ހުންނަވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ވައްކަން ކުރެއްވުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދް ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.
21 Sep 2023
ރައްޔިތުން ވޯޓު ދިންތޯ ބެލުމެއް ނެތި ޚިދުމަތް ކުރާނަން: ޑރ މުއިއްޒު
ރަށްރަށަށް ކަންކަން ކޮށްދެއްވުމުގައި އެ ރަށުގެ ރައްޔިތުން ވޯޓު ދިނީ ކިހިނެތް، ކޮން ކެންޑިޑޭޓަކަށް ތޯ ނުބަލާނެކަމަށާއި ހުރިހާ ރަށްތަކް ހަމަހަމަކަމާއެކު ޚިދުމަތް ކޮށްދެއްވާނެ ކަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
21 Sep 2023
"ބަރުލަމާނީ ނިޒާމެއްގައި އޮންނާނީ އިންޑިޔާއިން ބޭނުންވާ ވެރިކަމެއް"
ދިވެހިރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ، ރާއްޖޭގައި ވެރިކަން ކުރާނީ އިންޑިޔާފަދަ ފައިސާ ހުރި ގައުމުތަކުން ބޭނުން ބައެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
21 Sep 2023
ބޯޓުފަހަރު ބަނުމުގެ މަސައްކަތުގައި ދިވެހިންނަށް އިސްކަން ދޭނަން
ބޯޓުފަހަރު ބަނުމުގެ މަސައްކަތް ކުރުމަށް ދިވެހިންނަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
21 Sep 2023
ޕްރީސްކޫލް ހިންގަން ސަރުކާރުން ބޮޑު އެހީތެރިކަމެއް ދޭނަން
ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރަށްރަށުގައި ޕްރީސްކޫލް ހިންގުމަށް މާލީގޮތުންނާއި އެނޫންވެސް ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
21 Sep 2023
އަޅުގަނޑުމެން އިސްކުރާނީ ރައްޔިތުން!
ޕީޕީއެމް ކޯލިޝަންގެ ސަރުކާރެއްގައި އިސްކުރައްވާނީ ރައްޔިތުން އަދި ދުވަހުން ދުވަހަށް ރައްޔިތުންނާއި ގާތުން ޚިދްމަތް ދިނުން ކަމަށް ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
21 Sep 2023
ވެލިއުސްތައް ދުނިޔެއަށްޓަކާ ދޫކޮށްލުމުން ގައުމަށް ގެއްލުންވޭ
ތިމާ ޤަބޫލުކުރާ "ވެލިއުސް"ތައް ދުނިޔެއަށްޓަކާ ދޫކޮށްލައިފިނަމަ އެކަމުގެ ގެއްލުން ޤައުމަށްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.