ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
19 Sep 2023
ރައީސް ޔާމީންގެ އިސްތިއުނާފު ލަސްކުރަމުންދާތީ އިދިކޮޅުން ހައިކޯޓަށް
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވި ހުކުމް، އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލަ ދިގުލައިގެން ދާތީ އިދިކޮޅުގެ އޮތް ކަންބޮޑުވުންތަކާއެކު އެ ކޯލިޝަންގެ ލީޑަރުން ހައިކޯޓަށް ވަޑައިގެންފި އެވެ.
19 Sep 2023
އައިފާނަށް ނޭނގި އޭނާ ރީ-ރަޖިސްޓަރ ކުރަން އުޅެފި
މާލެ ސިޓީގެ ހެންވޭރު ހުޅަނގު ކައުންސިލަރ އަޙްމަދު އައިފާން އަށް ނޭނގި އޭނާ ރީ-ރަޖިސްޓަރ ކުރަން މަސައްކަތްކޮށްފިއެވެ.
19 Sep 2023
"ރައްޔިތުން ކުރިމަތީ ތިބީ ނަތީޖާ ނެރެދިން ބަޔަކާއި ފެއިލްވެފައި ތިބި ބައެއް"
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރުމަށް ރައްޔިތުންގެ ކުރިމަތީގައި ތިބީ ފަސް އަހަރުގެ ކާމިޔާބު ވެރިކަމެއް ކޮށް، ތަރައްގީގެ ކަންކަމުގައި ނަތީޖާ ނެރެދީފައިވާ ބަޔަކާއި، ފަސް އަހަރުދުވަހުން ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ދުވެލީގައި ނުގެންދެވި ފެއިލްވެފައި ތިބި ބައެއްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
19 Sep 2023
"ރައީސް ޞާލިހު ބާކީވީ އަމިއްލަފުޅަށް ކަންކަން ކުރެއްވި ގޮތުން"
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވުނު ނަމަވެސް، ދައުރު ނިމުމުގެ ކުރިން އެމަނިކުފާނު ބާކީވީ އަމިއްލަފުޅަށް ކަންކަން ކުރެއްވި ގޮތުގެ ސަބަބުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
18 Sep 2023
"ގޯއްޗަށް ލާއިރު އަތުގައި އޮތް ކުޑަ ބިންކޮޅު ދޫކޮށްލާން ނުޖެހޭގޮތް ހަދާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުތަކަށް ކުރިމަތިލާއިރު އަތުގައި އޮތް ކުޑަ ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް އުސޫލުތައް ބައްޓަންކުރައްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
18 Sep 2023
"ވަޒީފާގެ ބިރުދައްކައިގެން ވޯޓަށް ނުފޫޒުފޯރުމަށް ކުރާ ކަންކަން ބަލާނެ ބަޔަކު ނެތް"
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަޒީފާގެ ބިރުދައްވާ ވޯޓަށް ނުފޫޒުފޯރުވުމަށް ސަރުކާރުން އިންތިހާއަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެކަންކަން ބަލާލާނެ އެއްވެސް މުއައްސަސާއެއް ނެތްކަން ފާހަގަކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
18 Sep 2023
މުއިއްޒުގެ ވެރިކަމެއްގައި އެސްއީޒެޑް ގާނޫނު ތަންފީޒުކުރަނީ
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ނަމުގައި 2015 ވަނަ އަހަރު އިއުލާނު ކުރި މަޝްރޫއު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ކުރިއަށް ގެންދާނެ ކަމަށާއި، އެކަމަށްޓަކައި ހަދާފައިވާ ގާނޫނު ތަންފީޒުކުރާނެ ކަމުގައި އެ ކޯލިޝަންގެ ލީޑަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
18 Sep 2023
ވާދަވެރިޔާ ވެއްޓުނު ދަރަޖަ އަށް ވެއްޓިގެން ނުވާނެ: މުޢިއްޒު
ވާދަވެރި ކެންޑިޑޭޓަށް ރައްދު ދިނުމުގެ ގޮތުން، އެ ފަރާތުން ވެއްޓުނު ދަރަޖައަށް ނުދިޔުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވަައިފިއެވެ.