ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
14 Sep 2023
"ރައީސް ޞާލިހުގެ ކޮރަޕްޝަނަށް ޒީރޯ ޓޮލަންސަށް ވީ ކިހިނެތް؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ދައުލަތުން ވައްކަން ކުރުމަކީ ފެޝަނަކަށް ހައްދަވާފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
14 Sep 2023
"މި ސަރުކާރު އޮތީ ފަހުނޭވާ ލުމުގެ މަގުމަތީގައި"
މި ސަރުކާރު މިހާރު އޮތީ ނޭލާ ހޮޅިއަށް އެޅި ފަހު ނޭވާލުމުގެ މަގުމަތީގައި ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
14 Sep 2023
ބޮޑުފޮޅުދޫ ބަނދަރުގެ ޖާގަ އިތުރުކޮށް ތަރައްގީ ކޮށްދޭނަން: ޑރ މުއިއްޒު
ޓުއަރިޒަމް އާއި ތަފާތު އެކިއެކި މަސައްކަތްތައް ކުރިއަރަމުން އަންނަ އިރު ޖާގަ ތަނަވަސް ބަނދަރެއް ބޮޑުފުޅަދުއަށް ވަރަށް މުހިއްމު ކަމަށާއި، ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި އއ ބޮޑުފުޅަދޫ ބަނދަރުގެ ޖާގަ އިތުރުކޮށް ތަރައްގީ ކޮށްދެއްވާނެ ކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
14 Sep 2023
ދެވަނަ ބުރުގެ ކެމްޕެއިނަށް ޑރ މުއިއްޒު އަރިއަތޮޅަށް
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން އަރިއަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރައިފިއެވެ.
14 Sep 2023
ކުރެވޭ ތުހުމަތުތަކުގެ ޖަވާބު އަޅުގަނޑުގެ މާޒީން ލިބޭނެ: ޑރ މުއިއްޒު
ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ކުރިއަށް މި އޮތް 16 ވަރަކަށް ދުވަހުގެ ތެރޭގައި އެމަނިކުފާނާއި ބެހޭގޮތުން ތަފާތު ވާހަކަތައް ފަތުރާނެކަމަށާއި އެހެން ނަމަވެސް އެމަނިކުފާނާއި ގުޅޭގޮތުން ކުރެވޭ ހުރިހާ ތުހުމަތުތަކެއްގެ ޖަވާބު އެމަނިކުފާނުގެ މާޒިން ލިބިގެންދާނެ ކަމުގައި ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
14 Sep 2023
"އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެފައެއް ނުވާނެ, ނާރާނަން"
އެއްވެސް މީހެއްގެ އެއްވެސް ހައްގަކަށް ދުވަހަކުވެސް އަރައިގަނެފައެއް ނުވާނެ ކަމަށާއި ދުވަހަކުވެސް މީހެއްގެ ހައްގަކަށް އަރައިނު ނުގަންނާނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
14 Sep 2023
"ވިނަރެސް ފްލެޓާއި ކުންފުނިތަކުގެ ފްލެޓްގެ ކުލި ކުޑަކުރެވޭނެ"
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓުތަކާއި، އެނޫންވެސް ސޯޝަލް ހައުސިންގް ޔުނިޓް ތަކުގެ އަގު މިސަރުކާރުން ދެމުންދާ އަގު ކުޑަ ކުރެވޭނެ ކަމަށާ، އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
13 Sep 2023
ޑރ މުޢިއްޒު މާދަމާ އަރި އަތޮޅަށް، ހުސެއިން ހުވަދުއަށް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީއެންސީ އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު އަރިދެކުނަށާއި އަރި އުތުރަށް އަދި ރަނިންގމޭޓް ހުސެއިން މުޙައްމަދި ލަތީފް ހުވަދުއަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.