12 Sep 2023
"މުއައްސަސާތަކަކީ ގުރުބާންކުރާ ކަންބަޅިތަކަކަށް ނަހައްދަވާ"
ސަރުކާރުގެ މުއައްސަސާތަކަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ނާކާމިޔާބީކަން ފޮރުވުމަށް ގުރުބާންކުރާ ކަންބަޅިތަކަކަށް ނެހެއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
12 Sep 2023
ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމުގައި ބޯޅަ އޮތީ އެ ޕާޓީގެ ފަޅީގައި
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ކޯލިޝަން ހެދުމަށްޓަކައި ދަ ޑިމޮކްރެޓްސްއާއެކު ކުރެވެމުންދާ މަޝްވަރާތަކުގައި ބޯޅަ އޮތީ އެ ޕާޓީގެ ފަޅީގައި ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Sep 2023
އެމްއެންޕީ ގުޅުމަކީ ގައުމަކަށް ލެވޭ ހިތްހަމަޖެހުމުގެ ނޭވާއެއް
ޕީޕީއެމް ޕީއެންސީން ކުރަމުން ގެންދާ ގައުމީ މަސައްކަތުގައި ގައުމީ ޖޯޝު އިސްކޮށް، އެމްއެންޕީން އެ ޕާޓީއާއި ގުޅުމަކީ ދިވެހި ގައުމަށް ލެވޭ ހަމަޖެހުމުގެ ނޭވާއެއް ކަމުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Sep 2023
ރައީސް ޔާމީންގެ އިރުޝާދާއި ޚިލާފަށް މިކޯލިޝަނުން އެއްވެސް ކަމެއް ނުކުރާނެ!
ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމްގެ އިރުޝާދާއި ލަފަޔާއި ޚިލާފަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
12 Sep 2023
ދެވަނަ ބުރުގައި އެމްއެންޕީން ޕީޕީއެމްއާއި ގުޅުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިންތިހާބުގެ ފުރަތަމަ ބުރުގެ އެންމެ ގިނަ ވޯޓު ހޯދި ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށް، ދެ ފަރާތުން އެކުގައި މަސައްކަތް ކުރުމަށް ނިންމައިފިއެވެ.
12 Sep 2023
މިވަގުތު ދުރުގައި ހުއްޓަސް އަޅުގަނޑުގެ ހިތް އޮތީ ޕީޕީއެމްއާއެކު: ނާޒިމް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްއެންޕީން ނުކުމެ މިތިބީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ޖާނާއި މާލުން ގުރުބާންވުމަށް އަތުކުރި އޮޅާލައިގެން ކަމުގައްޔާއި ދުރުގައި ހުއްޓަސް އެމަނިކުފާނުގެ ހިތް އޮތީ ޕީޕީއެމް އާއެކު ކަމުގައި އެމްއެންޕީގެ ލީޑަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމު ވިދާޅުވެެއްޖެއެވެ.
12 Sep 2023
"އެމްޑީޕީގެ އެތައް މެމްބަރުންނެއް ޕީޕީއެމްއަށް ބަދަލުވެދާނެ"
ކުރިއަށް އޮތް ތަނުގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުންތަކެއް ޕީޕީއެމްއަށް ބަދަލުވުން އެކަށީގެންވާކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
12 Sep 2023
ބިލެތްދޫ ޑިމޮކްޓްސްގެ މެމްބަރުން ޕީޕީއެމްއާއެކު މަސައްކަތް ކުރަނީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަސައްކަތް ކުރުމަށް ފ ބިލެތްދޫ ޑިމޮކްރެޓްސް ގެ މެމްބަރުން ނިންމައިފިއެވެ.