ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
07 Sep 2023
"ކުނި އުކާލުމަށް ވެމްކޯއިން ނަގާ ފީތައް ކުޑަކޮށްދޭނަން"
ކުނި އުކާލުމަށް ވެމްކޯ އިން މާލޭގައި ނަގަމުން އަންނަ އަގުތައް ކުޑަކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
06 Sep 2023
މާލެސިޓީ ކައުންސިލް އެމްޑީޕީ މެންބަރު ޒަމީރް ޕީޕީއެމާ ގުޅިއްޖެ
މާލެ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު ޕީޕީއެމަށް ސޮއި ކުރައްވައިފި އެވެ.
06 Sep 2023
މުއިއްޒުގެ ވެރިކަމެއްގައި ފައިސާ ޗާޕްކުރުން ހުއްޓާލާނެކަމަށް ވިދާޅުވެއްޖެ
ރިޔާސީ އިންތިހާބު ކާމިޔާބުވެވަޑައިގެން ވެރިކަން ލިބި ވަޑައިގެންފިނަމަ ފައިސާ ޗާޕްކުރުން އެއްކޮށް ހުއްޓާލާނެ ކަމުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
06 Sep 2023
އަޅުގަނޑުވެސް ވާނީ ނަތީޖާ ނެރެދޭ މީހަކަށް: ޑރ މުއިއްޒު
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުވަނީ ރައްޔިތުންނަން ނަތީޖާ ނެރެފައިވައި ކަންކަން ކުރެއްވޭނެކަން ސާބިތު ކޮށްދެއްވައިފައިކަމަށާއި އެމަނިކުފާނުވެސް ކުރިއަށް ދާނީ ހަމަ އެގޮތުގައި ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
06 Sep 2023
ވޯޓު ވިއްކައިފިނަމަ ދެން ދުވަހަކުވެސް މިގައުމު ސަލާމަތެއް ނުކުރެވޭނެ
ހޮނިހިރު ދުވަހު ނެގޭ ރިޔާސީ އިންތިހާބުގެ ވޯޓު، ވަގުތީ ފައިދާއަށް ވިއްކާލައިފިނަމަ ދެން ދުވަހަކުވެސް މިގައުމު ސަލާމަތެއް ނުކުރެވޭނެ ކަމުގައި ޕީއެންސީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހާވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
06 Sep 2023
"ޕީޕީއެމާއި، އެމްޑީޕީގެ ރައީސް ކަމަށް އަންނަން ނަގާނީ 1 އަހަރު"
އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމާއި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް މިއަދު ސޮއި ކުރެއްވި ނަމަވެސް އެ ދެޕާޓީގެ އެންމެ އުހާއި ހަމައަށް ދާން ނަގާނީ 1 އަހަރު ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
06 Sep 2023
އިންނަމާދޫ އަދާލަތާއި އެމްޑީޕީ މެންބަރުން ތަކެއް ޕީޕީއެމަށް!
ރ. އިންނަމާދޫގައި އެމްޑީޕީ އުފެއްދުމަށް އެންމެ އިސްކޮށް އުޅުއްވި ތިން ބޭފުޅަކާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ތަކެއް އިދިކޮޅު ޕީޕީއެމްއާ ގުޅިއްޖެއެވެ.
05 Sep 2023
އިޔާޒުގެ ބައްޕަގެ ތައީދު ޑރ. މުޢިއްޒަށް
ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް، ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފުގެ ބައްޕަ، ކަޅުބެ އަބްދުއްލަތީފު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް އެކަން ހާމަކޮށްފި އެވެ.