ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
05 Sep 2023
"ޕީޕީއެމާ އެމްޑީޕީ އަކީ ޚިޔާނާތްތެރިން ކަމެއް ކުރިން ނޭނގޭ"
ޕީޕީއެމްގެ ސަރުކާރެއް، އަދި އެމްޑީޕީގެ ސަރުކާރެއް ދެ ފަހަރު ގެންނަން މަސައްކަތް ކުރައްވައި އެކަން ކުރެއްވި ކަމަށާ އެހެން ނަމަވެސް، އެކަން ކުރެއްވި އިރު، އެއީ "އެހާ ބޮޑު ހިޔާނާތްތެރިކަން" އޭރު އެނގިވަޑައިނުގަންނަވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
04 Sep 2023
މެޑަމް ފާތުންގެ ޖަޒުބާތުތައް ފަރުދާއެއް ނުކުރެވުން!
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް މިރޭޔަކީ ތާރީޚީ ރެޔެކެވެ. އެހާމެ ޖަޒުބާތީ ރެޔެއް ވެސް މެއެވެ. އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ކުރީގެ މަހާރެހެންދި، ފާތިމަތު އިބްރާހިމް، މެޑަމް ފާތުން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ރަސްމީކޮށް ނިކުމެވަޑައިގެން ރެޔެވެ.
04 Sep 2023
މެޑަމް ފާތުންގެ ޒިޔާރަތް: ޕީޕީއެމް ލަޝްކަރުގެ ކަނބަލުންނަށް މިރޭ ވީ ހާއްސަ ރެއަކަށް!
މެޑަމް ފާތުންގެ ޒިޔާރަތް: ޕީޕީއެމް ލަޝްކަރުގެ ކަނބަލުންނަށް މިރޭ ވީ ހާއްސަ ރެއަކަށް!
04 Sep 2023
މުއިއްޒުގެ ކެމްޕެއިނަށް މެޑަމް ފާތުން މިރޭ ރަސްމީކޮށް ނިކުންނަނީ
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް މިރޭ ރަސްމީކޮށް ނުކުމެވަޑައިގަންނަވަން ނިންމަވައިފިއެވެ.
04 Sep 2023
ޕީޕީއެމު މެނިފެސްޓޯގައި ލަންކާ ދިރިއުޅޭ ދިވެހިންން ކަންތަކެއް!
ޕީޕީއެމް/ޕީއެންސީގެ ރީޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ރިޔާސީ މެނިފެސްޓޯ ގައި، ސްރީލަންކާގައި ދިރިއުޅެމުންދާ، ދިވެހިންނަށް ހުރިކަންކަން ޢިއުލާން ކޮށްފި އެވެ.ނ
04 Sep 2023
ލ އަތޮޅުގައި އެއަރޕޯޓު އަޅާނެ ރަށެއް ކަނޑައަޅާނީ ދިރާސާ ކޮށްފައި
ޕީޕިއެމް/ޕީއެންސީ ގެ ވެރިކަމެއްގައި ލ އަތޮޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ޑޮމެސްޓިކް އެއަރޕޯޓް އަޅާނެ ސަރަހައްދެއް ކަނޑައަޅާނީ ވަރަށް ވިސްނާފައި ދިރާސާތައް ކުރުމަށްފަހު ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
04 Sep 2023
ދިޔަމިގިއްޔާއި މަޑިފުށި ގުޅުވާލަން މުއިއްޒު ވައުދުވެއްޖެ!
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ވެރިކަމަށް އާދެވިއްޖެނަމަ، ތ އަތޮޅު ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅުވައިލައްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.
04 Sep 2023
މުއިއްޒު އިންތިހާބު ކާމިޔާބު ކުރާނީ 60 އިންސައްތަ ވޯޓުން: އަބްދުއްރަހީމު
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ ވޯޓުލާ މީހުންގެ 60 އިންސައްތަ ތާއީދާއެކު ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.