ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
01 Sep 2023
މާވަށު ޕީޕީއެމް އޮފީހުގައި ހުރި އަޑު ގަދަކުރާތައް ނަގައިފި!
‏ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ރިޔާސީ ކެންޕެއިނަށް ލ މާވަށަށް ވަޑައިގަންނަވާތީ، މާވަށު ޕީޕީއެމް އޮފީހުގެ ހުރި ހުރިހާ އަޑު ގަދަ ކުރާތައް ނަގައި، ބައެއް މީހުން ހައްޔަރު ކޮށްފިއެވެ.
01 Sep 2023
"ހައްޖު ކޯޓާ 2000 އަށް އިތުރުކުރެވިދާނެ ކަމުގެ ޔަގީންކަން އެބޮތް"
ވެރިކަން ލިބިވަޑައިގެންފި ނަމަ މިހާރު ސައުދީން ދިވެހިރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާ 2000 ކޯޓާއަށް އިތުރުކުރެވިދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ.
01 Sep 2023
"ނައިފަރުގައި އިސްލާމީ މަރުކަޒާއި، ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އަޅައިދޭނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ނައިފަރުގައި އިސްލާމީ މަރުކަޒެއް ބިނާކޮށް، ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
01 Sep 2023
"އޭއައި ސުކޫލުތަކަށް ތައާރަފުކޮށް ތައުލީމީ ނިޒާމު އަޕްގްރޭޑްކުރާނަން"
އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ޓެކްނޮލޮޖީ ސުކޫލުތަކަށް ތައާރަފުކޮށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދިނުމުގެ ނިޒާމަށް ތައުލީމީ ދާއިރާ އަޕްގްރޭޑްކުރައްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
01 Sep 2023
"ބިން ހިއްކާ ނައިފަރުގައި 400 ހައުސިން ޔުނިޓު އަޅާނަން"
45 ހެކްޓަރުގެ ބިން ހިއްކާ ނައިފަރުގައި 400 ހައުސިން ޔުނިޓު އެޅުއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
31 Aug 2023
ނައިފަރުން ޑރ މުއިއްޒަށް އޮތް ތާއީދުގެ ބޮޑު މަންޒަރު ދައްކާލައިފި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ޅ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ނައިފަރަށް ވަޑައިގަތުމުން، އެ ރަށުން އެމަނިކުފާނަށް އޮތް ތާއީދުގެ ބޮޑު މަންޒަރު ސަޕޯޓަރުން ދައްކާލައިފި އެވެ.
31 Aug 2023
ހިންނަވަރުން ގޮވާލީ "އެއްބުރުން މުއިއްޒު" ނަގާނަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އުފަން ރަށް، ޅ ހިންނަވަރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
31 Aug 2023
"ތާއީދުކުރާތީ ވަޒީފާއިން ކަނޑާލާ މީހުންގެ ވަޒީފާ އިޔާދަކޮށްދޭނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒަށް ތާއީދުކުރައްވާތީ، އަދި އެމަނިކުފާނަށް މަރުޙަބާ ދަންނަވަން ނިކުމެގެން ވަޒީފާއިން ކަނޑާލާ މީހުންގެ ޒަވީފާތައް އިޔާދަކޮށްދޭނެކަމަށް ޑރ މުއިއްޒު ވިދާޅުވެއްޖެ އެވެ.