ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
28 Aug 2023
ގެމަނަފުށީގައި ގިނަ މަޝްރޫއުތަކެއް ހިންގަން ޑރ މުއިއްޒު ވައުދުވެއްޖެ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރެއްގައި ގެމަނަފުށީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
28 Aug 2023
ތިނަދޫއަކީ ސިޓީއަކަށް ހަދާނަން: ޑރ މުއިއްޒު
ޕްރިގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ގދ ތިނަދޫއަކީ ސިޓީއަކަށް ހަދާނެކަމުގެ ޔަގީންކަން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
28 Aug 2023
ޑޮލަރު ލިމިޓް އުވާލާނަން: ޑރ މުޢިއްޒު
ރާއްޖޭގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކޮށް ޑޮލަރު ލިމިޓް އުވާލާނެ ކަމަށް ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
28 Aug 2023
"އިސްލާމީ މަރުކަޒު އިސްލާމީ ޔުނިވަރސިޓީގެ ގޮތްޕަކަށް ހަދާނެ"
ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ހޮވިއްޖެނަމަ، ވެރިކަމުގެ ހުވާކުރާ ދުވަހު ގދ.ތިނަދޫ އިސްލާމިކް މަރުކަޒަކީ އިސްލާމީ ޔުނިވާސިޓީގެ ގޮތްޕެއް ކަމުގައި ކަނޑައަޅާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަންވެސް ކުރިން ކުރެއްވި، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
27 Aug 2023
"ގާސިމަށް ޕީޕީއެމް ޓިކެޓް ލިބެން އޮތް؛ އެމްޑީޕީގެވެސް ލިބުނީސް"
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރީޔާސީ ޓިކެޓާއި، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްވެސް ވަރަށް ފަސޭހައިން ލިބުނީސް ކަމަށް އެމަނިކުފާނުގެ އިންތިހާބީ އޭޖެންޓް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
27 Aug 2023
"ޕީޕީއެމްގެ ވެރިކަން އިޔާދަ ކުރުމުގެ ޖޯޝު ރައްޔިތުންގެ ތެރޭގައި އިތުރުވެއްޖެ"
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަން އަލުން އަނބުރާ އިޔާދަކުރުމުގެ ޖޯޝު ރައްޔިތުންގެ ތެރޭގައި އިތުރުވެފައިވާކަމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
27 Aug 2023
"ސިއްހީ ދާއިރާއަށް އިހުމާލުވެ، ތައުލީމީ ދާއިރާ އޮތީ އިގްނޯކޮށްފަ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ 5 އަހަރު ސިއްޙީ ދާއިރާއަށް އިހުމާލުވެ، ދައުލީމީ ދާއިރާއަށް އެއްވެސް ވަރަކަށް އަޅާނުލާ އޮތްކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުންދާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓޫ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
27 Aug 2023
ދިވެހިންގެ ރާއްޖެ ހޯދަން ދަންނަ މާލިމީއާ މިވަނީ ވަކިކޮށްލާފައި
ރާއްޖޭގައި ހުރީ ދިވެހިންގެ ރާއްޖެއެއް ހޯދަން ދަންނަ އެންމެ މާލިމީއެއް ކަމަށާއި އެ މާލިމީ އާއި ދިވެހިންނާ ވަނީ ވަކިކޮށްލައިފައި ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެވެ.