ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
26 Aug 2023
ޕާކިން އަދި ގަރާޖު ސިޓީ މައްސަލައަށް ޑރ މުއިއްޒުގެ ހައްލު
މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ ދަތިކަމުގެ މައްސަލައާއި ވެހިކަލް ގަރާޖެއްގައި ރަޖިސްޓްރީކުރުމަށް މިހާރު އުފުލަންޖެހޭ ތަކުލީފުތަކަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ދާއިމީ ޙައްލު ގެނެސްދެއްވާނެ ގޮތް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
25 Aug 2023
"3 ބާރުން އެއްބާރު އޮތީ ހުއްޓިފައި, އަނެއް ބާރު އޮތީ މުށުތެރޭ"
ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް އޮތީ ހުއްޓުމަށަ އައިސްފައި ކަމަށާ، އަދި އަނެއް ބާރު ކަމުގައިވާ ޝަރުޢީ ނިޒާމް އޮތީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންގމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
25 Aug 2023
ޑރ. ޝަހީމްގެ ތާއީދުވެސް ޑރ. މުޢިއްޒަށް!
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވާކަން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު އިއުލާނުކުރައްވައިފިއެވެ.
25 Aug 2023
އަނާރާގެ ތާއީދު ޑރ މުޢިއްޒަށް!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ރައްޔިތުންގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަނާރާ ނަޢީމް ނިންމަވައިފިއެވެ.
25 Aug 2023
ބިދޭސީން އުޅޭ ގިނަ ވަޒީފާތައް ދިވެހިންނަށް ހާއްސަކުރާނަން
މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެ ވެރިކަމަށް ވަޑައިގަނެވިއްޖެނަމަ ބިދޭސީ މަސައްކަތްތެރިންގެ މިހާރު މަސައްކަތްކުރަމުންދާ ގިނަ ވަޒީފާތަކަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ވަޒީފާތަކަށް ކަމުގައި ހައްދަވައި ދެއްވާނެ ކަމުގައި، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
25 Aug 2023
މަގުބޫލް އުޒުރެއް ނެތި ވަޒީފާއިން ވަކިކުރާ ފަރާތަކަށް ވަޒީފާ ދޭނަން"
މަގުބޫލު އުޒުރެއް ނެތި، ތާއީދުކުރާ މީހެއްގެ ސަބަބުން ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފިނަމަ، ޕީޕީއެމް/ ޕީއެންސީގެ ސަރުކާރެއްގައި އެ ފަރާތްތަކަށް އަލުން ވަޒީފާ ދެއްވާނެ ކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
25 Aug 2023
"އަދުލުގެ ނިޒާމު ހަރުދަނާކޮށް ކަފާލާތުގެ ފުރިހަމަ ގާނޫނެއް އެކުލަވާލާނަން"
އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ޤާނޫނަކާއި، ނުހައްގުން ޖަލުގައި ބަންދުކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭނެ ގާނޫނެއް އެކުލަވާލާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
25 Aug 2023
"ވެލިދޫގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް އަޅާނަން"
މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ކުރާނެ މަސައްކަތްތަކުގެ ތެރެއިން ނ ވެލިދޫގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް އަޅުއްވާނެކަމަށް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.