ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
24 Aug 2023
"އިޚްލާސްތެރިކަމާއެކު ވެރިކަން ކުރި ނަމަ ރައްޔިތުން ޝަކުވާކުރާކަށް ނުޖެހުނީސް"
އިޚްލާސްތެރިކަމާއެކު ވެރިކަން ކުރެއްވި ނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމެންދާއިރު، ވައުދުތައް ނުފުއްދައިގެން ރައްޔިތުން ޝަކުވާކުރަން ނުޖެހުނީސް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
24 Aug 2023
މުއިއްޒުގެ ވެރިކަމެއްގައި ނަފްސާނީ ފަރުވާއަށް ހާއްސަ ބައިނަލްއަގުވާމީ ހޮސްޕިޓަލެއް!
ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖޭގައި މިވަގުތު އެންމެ ބޮޑު އެއްމައްސަލަ ކަމުގައިވާ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ހައްލުކުރުނުގެ ގޮތުން، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމްކުރާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
24 Aug 2023
މުއިއްޒުގެ ވެރިކަމެއްގައި މަސްވެރިކަން ޕްރޮމޯޓް ކުރާ އެޖެންސީއެއް
ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި މަސްވެރިކަމާއި މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކުރުމާއި ޕްރޮމޯޓް ކުރުމަށް ހާއްސަ އެޖެންސީއެއް ގާއިމްކޮށްދޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
24 Aug 2023
"ރައީސް ހުންނެވީ ވާނުވާގައި، ޤައުމު ހަވާލުކުރަން ހެޔޮނުވާނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހުންނަވަނީ ވާނުވާގައި ކަމަށާއި، އެމަނިކުފާނު އެ ހާލުގައި ހުންނަވަނިކޮށް ގައުމުގެ ހިންގުން ހަވާލުކުރަން ހެޔޮނުވާނެކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
24 Aug 2023
"ކެނދިކުޅުދޫ ބަނދަރު ހަދައިދީ "އިކޯ ޓުއަރިޒަމް" ތައާރަފް ކުރާނަން"
ކެނދިކުޅުދޫގެ ބަނދަރު ހަދައިދީ އެ ރަށަކީ "އެކޯ ޓުއަރިޒަމް" ގެ މަންޒިލަކަށް ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮނގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
24 Aug 2023
ރިޔާސީ ބަހުސް ގެ ދައުވަތު މުއިއްޒު ގަބޫލުކޮށްފި
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ދިވެހިރާއްޖޭގެ ޤައުމި ޔުނިވަސިޓީއާއި ގުޅިގެން ބާއްވަމުން އަންނަ ރިޔާސީ ބަހުސްގެ މި އަހަރުގެ ބަހުސަށް ފޮނުވުނު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގަބޫލުކޮށްފިއެވެ.
24 Aug 2023
ރައީސްގެ ގިނަ މަޝްރޫޢުތައްް ހުރީ "އަންނަނީ އަންނަނީ" ގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ފަސް އަހަރު ހަމަވާއިރު ގިނަ މަޝްރޫޢުތައްް ހުރީ "ނުނިމޭ ، ނުނިމޭ، މަރުހަލާގައި ކަމަށަށާއި ދެން ހުރި ގިނަ މަޝްރޫޢުތައްް ހުރީ"އަންނަނީ އަންނަނީ" ގައި ކަމުގައި ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެެއްޖެއެވެ.
24 Aug 2023
ކުޅުދުއްފުށީ ގިނަ ބައެއް ޖޭޕީއަށް!
ޕީޕީއެމް ކުޅުދުއްފުށީ މައި އެއް ތަނބު ކަމުގައިވާ، ރަޝާދު އާއި އެކު އެރަށު ގިނަ ޒުވާނުން ތަކެއް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިއްޖެއެވެ.