ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
20 Aug 2023
ހިޔާ ލިޔުންލިބި ފްލެޓް ނުދޭ ހުރިހާ ފަރާތްތަކަށް މުއިއްޒުގެ ސަރުކާރެއްގައި ފްލެޓް ދެނީ
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއިން ފްލެޓް ލިބޭނެކަމަށް 2018 ގައި އާންމުކުރި ލިސްޓުގައި ނަން ހިމެނުނު ފަރާތްތަކުގެ ތެރެއިން މިހާރުގެ ސަރުކާރުން އެ ލިސްޓުން ނަން އުނިކުރި އެންމެހައި ފަރާތްތަކަށްވެސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ހިންގާ ސޯޝަލް ހައުސިން ޔުނިޓްތަކުން ފްލެޓް ދޭނެކަމުގައި މިރޭ އިއުލާންކުރަމުންދާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ މެނިފެސްޓޯގައި ބުނެފިއެވެ.
20 Aug 2023
ބިންވެރިޔާއިން ގޯތި ލިބުނު ފަރާތްތަކަށް ގެދޮރުއެޅޭނެ ސްކީމެއް މުއިއްޒުގެ ވެރިކަމުގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ހިންގަވާ ބިންވެރިޔާ މަޝްރޫއިން ގޯތި ލިބޭނެކަމަށް އެންގި ފަރާތްތަކަށް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި އެފަރާތްތަކުން އެދޭނަމަ ގެދޮރު އަޅައިދީ ނިންމައި ހަވާލުކުރާ ސްކީމެއް ތައާރަފްކޮށްދޭނެ ކަމުގައި އިއުލާނުކޮށްފިއެވެ
20 Aug 2023
އިންތިހާބު ނިމޭ އިރު ޕީޕީއެމްގެ ނަން ފޮހެވިގެންދާނެ: މާރިޔާ
މި އަހަރުގެ ރިޔާސީ އިންތިހާބު ނިމޭ އިރު އިދިކޮޅު ޕީޕީއެމްގެ ނަން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ފޮހެވިގެންދާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
20 Aug 2023
"ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިވުން ބަލައިނުގަނެވޭނެ"
ކެންޑިޑޭޓުންނަށް ތާއީދު ކުރުމުގެ ތެރެއިންވެސް ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
20 Aug 2023
"ބިން ހިއްކުމުގެ ނަމުގައި ގުރައިދޫގެ މުސްތަގުބަލު ނަގާލައިފި"
ބިން ހިއްކުމުގެ ނަމުގައި ސަރުކާރުން ގުރައިދޫގެ މުސްތަގުބަލު ނަގާލާފައިވާކަމަށް އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން ޔާމީން ރަޝީދު ވިދާޅުވެއްޖެ އެވެ.
20 Aug 2023
މާފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓާނަން: މުޢިއްޒު
މާލެއިން ބޭރު، އަތޮޅުތެރޭގެ އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ބެހެއްޓުން ހިމެނޭހެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވަޢުދުތަކެއް މާފުށްޓަށް ވެވަޑައިގެންފިއެވެ.
20 Aug 2023
މިސަރުކާރުން ވަނީ ދައުލަތުގެ ފައިސާ އިސްރާފްކޮށްފައި!
މިސަރުކާރުން މިފަސްއަހަރު ވަނީ ދައުލަތުގެ ފައިސާ އިސްރާފްކޮށްފައި ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
20 Aug 2023
ޑރ މުޢިއްޒުގެ ރަނިންގމޭޓް ހުސެއިނަށް އައްޑޫއިން ހޫނު މަރުޙަބާއެއް
ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒުގެ ރަނިންގމޭޓް ހުސެއިން މުޙައްމަދު ލަތީފް (ސެމްބެ) އައްޑޫ ސިޓީއަށް ވަޑައިގަތުމުން އޭނާ އަށް ހޫނު މަރުޙަބާ އެއް ކިޔައިފިއެވެ.
19 Aug 2023
އެމްޑީޕީއާއި ޕީޕީއެމްގެ ސަޕޯޓަރުންގެ ދެމެދުގައި ހަމަނުޖެހުމެއް
ކ ގުރައިދޫގައި އެމްޑީޕީއާއި ޕީޕީއެމްގެ ސަޕޯޓަރުންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައި ގިނަ އަދެއްދެއްގެ ބަޔަކަށް އަނިޔާވެއްޖެއެވެ.
19 Aug 2023
ރައްޔިތުން އެދޭނަމަ އާބާދީތައް އެއްފަސްކުރެވިދާނެ: ޑރ މުޢިއްޒު
ރައްޔިތުން އެދޭނަމަ އާބާދީތައް އެއްފަސްކުރެވިދާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.