ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
21 Aug 2023
ސިރާޖުގެ ތާއިދު ޑރ. މުއިއްޒުއަށް
މިއަދު އެމްޑީޕީން ވަކިވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމައިފިއެވެ.
21 Aug 2023
"އަޅުގަނޑުމެންގެ ސަރުކާރުން ރައްޔިތުން އެދޭ ނަތީޖާ ނެރެދޭނެ"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރު ވެގެންދާނީ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދޭނެ ފަދަ ސަރުކާރަކަށް ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
21 Aug 2023
މުއިއްޒުއަށް އައްޑޫ ސިޓީން ހޫނު މަރުޙަބާ އެއް!
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއަށް ތާއީދުކުރާ ގިނަ ބަޔަކު ނިކުމެ އައްޑޫ ސިޓީން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
21 Aug 2023
ތުޅާދޫއިން ޕީޕީއެމް އެކްޓިވިސްޓުން ހައްޔަރުކުރި މައްސަލަ އެޕާޓީއިން ކުށްވެރިކޮށްފި
ބ.ތުޅާދޫ ގައި އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުން ތަކެއް ހައްޔަރުކުރި ކުރުން އެޕާޓީއިން ކުށްވެރިކޮށްފިއެވެ.
21 Aug 2023
ތުޅާދޫގައި ތިބި އިދިކޮޅު އެކްޓިވިސްޓުން ހައްޔަރުކޮށްފި
ރައީސް އިބްރާހިމް މުޙައްމަދު ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ.ތުޅާދުއަށް ވަޑައިގަތުމުގެ ކުރިން އެރަށުގައި ތިބި އިދިކޮޅުގެ އެކްޓިވިސްޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
21 Aug 2023
"އިން ފަހަނައަޅާ ނުދާހާ ހިނދަކު ހުރިހާ ޤައުމަކާއި ގާތް ގުޅުން ބާއްވާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ތަންފީޒު ކުރާނީ މިނިވަން އަދި ހުރިހާ ޤައުމުތަކެއްގެ މެދުގައި ހަމަހަމަކަން ޤާއިމްކުރާނެ ޚާރިޖީ ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތުގައި ކަނޑައަޅާފައިވާ އިންތައް ފަހަނައަޅާ ނުދާހާ ހިނދަކު ހުރިހާ ގައުމުތަކާއި ގާތް ގުޅުމެއް ބާއްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
21 Aug 2023
"ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
21 Aug 2023
20 އަހަރަށް އަމާޒުކޮށް 65,000 ގެދޮރު ޔަގީން ކުރާނަން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ހިމަނާފައިވާ ގެދޮރުވެރިކަމާއި އާބަނައިޒޭޝަން ސްކީމުގައި ހިމެނޭ މުހިންމު ކަންކަން އާދިއްތަ ދުވަހުގޭ ވަނީ އިފްތިތާހުކޮށްފަ އެވެ.