ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
27 Sep 2023
"ނުކުޅެދުންތެރި މީހުނަށް ފަރުވާދޭ އިންޓަނޭޝަނަލް ހޮސްޕިޓަލެއް"
އެމަނިކުފާނުގެ ވެރިކަމެއްގައި އައްޑޫ ސިޓީއާއި މާލޭގެ އިތުރުން އުތުރުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ފަރުވާދޭ އިންޓަނޭޝަނަލް ހޮސްޕިޓަލް ގާއިމް ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2023
މިފަހަރު އަދާލަތަށް އެއްވެސް ޕަސެންޓެެއް ދެވޭކަށް ނެތް: ޠާރިގު
މި ފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ދެން އުފެދިގެން އަންނަ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އަދާލަތު ޕާޓީއަށް އެންމެ އިންސައްތަ އެއްވެސް ދެވެން ނެތް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
27 Sep 2023
ބަނގުރޫޓް ވެފައިވާ ގައުމީ އެއާލައިން ކޮޅަށް ޖަހާނަން: މުޢިއްޒު
ގައުމީ އެއާލައިން މިހާރު ވަނީ ބަންގުރޫޓްވެފައި ކަމަށާ، އެ މަނިކުފާނުގެ ވެރިކަމުގައި އެ އެއާލައިން ކޮޅަށް ޖައްސަވައި ދިވެހިން ފަހުރުވެރިވާފަދަ އެއާލައިނަކަށް ހަދައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ވިދާޅުވެއްޖެއެވެ.
27 Sep 2023
"އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކު ވެސް އަރައިނުގަންނަން"
އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގަނެފައި ނުވާނެ ކަމަށާ، އަދި މީހަކަށް އަނިޔާވެރި ވެފައިވެސް ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2023
އަމީން ފައިސަލް ޑރ މުޢިއްޒަށް ތާއީދުކުރައްވައިފި
ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒަށް ތާއީދު ކުރެއްވުމަށް ނިންމެވި ކަމަށް އިޢްލާނު ކުރައްވައިފިއެވެ.
26 Sep 2023
ރައީސް ޞާލިހް ދޫކުރައްވައި ޑރ. ގުބާދު ވެސް ޕީޕީއެމަށް!
ކުރީގެ ސަރުކާރުތަކުގައި އިސް މަޤާމްތަކެއް ފުރުއްވާފައިވާ ޑރ.މުޙައްމަދު ޤުބާދު އަބޫބަކުރު ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.
26 Sep 2023
"ފޭކު އޯޑިއޯތައް ފެތުރުމުން އެނގެނީ ޑެސްޕަރޭޓުވެފައިވާ މިންވަރު"
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުއާއި ގުޅިގެން، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހަދަހަދައިގެން ދޮގު ވީޑިއޯ ތައް ފަތުރަމުންދަނީ "ޑެސްޕަރޭޓް" ނުވަތަ ވެރިކަމަށް ބޭނުންވެފައި ތިބިލެއް ބޮޑު ކަމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
26 Sep 2023
"ރައީސް ޞާލިޙަށް 2ވަނަ ބުރުގައި %38 ވެސް ނުލިބޭނެ"
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޓީމުގެ މުށުން ލ.އަތޮޅު ގޮއްސި ކަމަށާއި އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙް އަށް 38% ވެސް ނުލިބޭނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.