20 Jul 2023
ރައީސް ޞާލިހު ކެލާ އަށް ވަޑައިގެންނެވުމުން އިހްތިޖާޖު ކޮށްފި!
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރިޔާސީ ކެންޕެއިނަށް ތިލަދުންމަތީ އުތުރުބުރި އަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ކެލާ އަށް ވަޑައިގެންނެވުމުން، "ޗޯރޭ" ގޮވާލައި އިހްތިޖާޖު ކޮށްފިއެވެ.
19 Jul 2023
"ރައީސް ޔާމިނާއި ރުހޭ ނަމަ ކޮމަން ކެންޑިޑޭޓެއް ނެރެން އެއްބަސް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ވާދަކުރުމަށް ޕާޓީތަކުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރުހޭނަމަ އެބޭފުޅުން އެދިލައްވާގޮތަށް ކޮމަން ކެންޑިޑޭޓެއް ނެރެން ތައްޔާރުކަމަށް ޕީޕީއެމުން ބުނެފި އެވެ.
19 Jul 2023
"ސިފައިން ވަފާތެރިވާންވީ މާރިޔާއަކަށް ނޫން، ދިވެހި ޤައުމަށް"
ދިވެހި ސިފައިން ވަފާތެރިވާންވީ ފަހަރެއްގައި ވެސް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް ނޫން ކަމަށާއި، އެމީހުން ވަފާތެރިކަން އަދާކުރަންވީ މި ޤައުމާއި ރައްޔިތުންނަށް ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
19 Jul 2023
އިދިކޮޅު އެންމެން އެއް ކެންޑިޑޭޓަކު ނެރެން ވާހަކަދައްކަނީ!
އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި، އެމްއާރްއެމް އާއި ވާހަކަދައްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި, ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އެއްބަސްވެއްޖެއެވެ.
19 Jul 2023
އަދަދުން ސައީދު ވިދާޅުވީ އިންޑިއާއަށް ރާއްޖެ ދަރާފައިވާ މިންވަރު
މި ސަރުކާރުން 2.7 ބިލިއަން ޑޮލަރުން އިންޑިއާއަށް ދިވެހި ރައްޔިތުން ދަރުވާލާފައިވާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
19 Jul 2023
"ޕީޕީއެމަށް ގޮތް ހުސްވީކަމަށް ވިސްނައިދޭން އުޅޭނެކަމެއް ނެތް"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިވަގުތު ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގަތުމަކީ ޕީޕީއެމްއަށް ގޮތް ހުސްވުންކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ނުކުރުމަށް އިދިކޮޅުން ގޮވާލައިފި އެވެ.
19 Jul 2023
އިދިކޮޅުން "ދިވެހިންގެ ސުލްހަވެރި ހިނގާލުން" ބާއްވަނީ!
އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން އަންނަ ހުކުރު ދުވަހު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
18 Jul 2023
5 ގަޑިއިރުވީ އިރުވެސް އިދިކޮޅު ލީޑަރުންނަށް ހައިކޯޓުން ޖަވާބެއް ނުދިން!
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ އާރަށު ހުކުމުގެ އިސްތިއުނާފު މައްސަލަ އޮތް ހިސާބެއް ބަލަން އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގެން 5 ގަޑިއިރު ހޭދަކުރައްވާފައިވާއިރު، އެ ކޯޓުން ޖަވާބުދީފައި ނުވާކަމަށް އިދިކޮޅުން ބުނެފި އެވެ.