07 Jul 2023
"ރައީސް ކުރި ޚަރަދު ފޮރުވަން ދައުލަތް ތެދުވާނީ ހާދަހާ ކަންތައް ގޯސްވީމަ އޭ"
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޚަރަދުތައް ފޮރުވުމަށް މުޅި ދައުލަތް ތެދުވާނީ ކަންކަން ވަރަށް ބޮޑަށް ގޯސްވެގެން ދިޔައިމަކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
06 Jul 2023
ޕީޕީއެމުން އެމްއެންޕީއާއެކު މަޝްވަރާ ފަށައިފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މި ވެރިކަން ބަދަލުކުރުމާއި ގުޅޭގޮތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވަސް (ޕީޕީއެމް) އިން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއެކު މަޝްވަރާތައް ފަށައިފި އެވެ.
06 Jul 2023
ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ސްލޯގަން "ދިވެހިންގެ ރާއްޖެ" އިފްތިތާހުކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ރަސްމީކޮށް ބޭނުންކުރާ ސްލޯގަން "ދިވެހިންގެ ރާއްޖެ" އިފްތިތާހުކޮށްފި އެވެ.
06 Jul 2023
"އިސްތިއުނާފް ނުނިމުނަސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހަޅާނަން"
ހައި ކޯޓުގައި ކުރިއަށްދާ, ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ އާރަށު އިސްތިއުނާފްގެ މައްސަލަ ނުނިމުނަސް އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ކެންޑިޑެސީ ފޯމް ހުށަހަޅުއްްވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
06 Jul 2023
"ރައީސް ޞާލިހު މިހާރު ހުރީ ވަރަށް ބޮޑަށް އެކަނިވެ ނިކަމެތިވެފައި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ހުންނެވީ ވަރަށް ބޮޑަށް އެކަނިވެ ނިކަމެތިވެފައިކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
06 Jul 2023
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން، އެކަމަކަށް އިތުރަށް ބަހެއް ނުކިޔޭނެ"
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަމަށް އޮތީ ކަނޑައަޅާފައި ކަމަށާއި، އެކަމާއި ގުޅިގެން އިތުރު ފަރާތްތަކަށް ބަހެއް ނުކިޔޭނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
06 Jul 2023
"މި ވެރިކަން ބަދަލުކަން ދަ ޑިމޮކްރެޓްސްއިން ތާއީދުކުރަންވީ ރައީސް ޔާމިނަށް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ބަދަލުކުރަން ދަ ޑިމޮކްރެޓްސް އިން ވެސް ތާއީދުކުރަންވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
06 Jul 2023
"ކެންޑިޑޭޓަކީ ރައީސް ޔާމީން، ކޮމަން ކެންޑިޑޭޓަކާއި ދޭތެރޭ ނުވިސްނަން"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށާއި، ކޮމަން ކެންޑިޑޭޓަކާއި ދޭތެރޭ އެ ޕާޓީން ވިސްނުން ނުގެންގުޅޭކަމަށް ޕީޕީއެމުން ބުނެފި އެވެ.