ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
03 Jul 2023
ރައީސް ޔާމީންގެ ކެމްޕެއިން އަމަލީ ގޮތުން ފަށައިފި!
މިއަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑީޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިންގެ ޢަމަލީ މަަސައްކަތް އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކުން މިއަދު ފަށައިފިއެވެ.
03 Jul 2023
"ދަ ޑިމޮކްރެޓްސްއިން މަޝްވަރާކުރަން އައިރު ވެސް ޕީޕީއެމުން އިންޑިއާ އައުޓު ގޮވާ"
ޕީޕީއެމްއާއެކު ދަ ޑިމޮކްރެޓްސްއިން މަޝްވަރާ ކުރަން އައިރުވެސް ޕީޕީއެމުން އިންޑިއާ އައުޓު ހަރަކާތް ހިންގަމުން ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
03 Jul 2023
ރައީސް ޔާމިނަށް ތާއީދު ހޯދުމަށް މާލޭގައި ދޮރުންދޮރަށް ބާއްވަނީ
ކުރީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ދޮރުން ދޮރަށް ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
03 Jul 2023
"މިއަދު މި އޮތީ އަލުން އަނބުރާ އިސްލާހީ މަސައްކަތް ކުރަން ޖެހިފަ"
މިއަދު މިއޮތީ މީގެ އަހަރުތަކެއް ކުރިން ކުރިފަދަ އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށް ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
02 Jul 2023
"އަޅުގަނޑުމެން އިންޑިޔާ އައުޓް ހަރަކާތާއި އެއްކޮށްވެސް ދެކޮޅު"
ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ އެއްވެސް ވަރަކަށް ތާއީދުކުރާ ހަރަކާތެއް ނޫން ކަމަށް، ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.
01 Jul 2023
"އިންޑިއާ އައުޓު ހަރަކާތް ހުއްޓުވޭނެ އެއްގޮތެއް ވެސް ނޯންނާނެ"
ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިންނާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އިސް ނަގައިގެން ފަށާފައިވާ "އިންޑިއާ އައުޓު" ހަރަކާތް ހުއްޓުވޭނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
27 Jun 2023
"ޕީޕީއެމް ވެރިކަމެއްގައި ބޭނުންޖެހިފައިވާ ދިވެހިންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ"
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމުގެ ޔަޤީންކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަރުއްވައިފިއެވެ.
26 Jun 2023
ރައީސް ޔާމިނުގެ މެސެޖެއް: ހުއްބުލް ވަތަން އިސްކޮށް ޕީޕީއެމަށް ވޯޓުދެއްވާ!
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވާއިރު، ސިޔާސީ ޅިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް ޤައުމީ ވިސްނުން އިސްކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިލްތިމާސް ކުރައްވައިފި އެވެ.