ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
16 Jun 2023
"ބޮން ގޮއްވުމަކީ ޖޯކެއް ނޫން ކަން އެމްޑީޕިއަށް ވިސްނުނީ ނަޝީދަށް ހަމަލާދިނުމުން"
ވެރިންނަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާތައް ދިނުމަކީ ޖޯކު ޖަހާވަރަށް ވުރެ ބޮޑެތި މައްސަލަތަކެއްކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވިސްނުނީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް އެފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
16 Jun 2023
"ދަށް ސީޔާސީ ބަޔާންދޭ ނަމަ، އެ ފެންވަރުގެ ޖަވާބަށް ތައްޔާރުވޭ"
ދަށްފެންވަރުގެ ސިޔާސީ ބަޔާންތައް ދޭ ކަމަށް ވާ ނަމަ، ހަމަ އެފެންވަރުގެ ޖަވާބަށް ހުރަހެޅެން ތައްޔާރަށް ހުރުމަށް ކުރީގެ ޑެޕިއުޓީ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު ޑރ. މުހައްމަދު ޤުބާދު ވިދާޅުވެއްޖެއެވެ.
15 Jun 2023
"އަނެއްކާވެސް ކަނޑާއި ގުޅުންހުރި އެއްބަސްވުންތަކެއްގައި ސޮއިކޮށްފި"
ޗާގޯސްގެ ކަނޑުގެ މައްސަލައާއި ގުޅިގެން ގިނަ ތުހުމަތު ތަކެއް ސަރުކާރަށް އަމާޒުވަމުންދާ މިދަނޑިވަޅުގައި، ޝީޝެލްސްއާއި އެކުވެސް ރާއްޖޭގެ ކަނޑާއި ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން އަންނަ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފިއެވެ.
15 Jun 2023
"ޝަރީއަތުގައި ޔާމީން ބޭންދީ ނަމާދު ކުރަން ކުރައްވަން ވަގުތު ނުދީ"
ރ. ފުއްގިރި މުއާމަލާތާއި ގުޅުވައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކުގައި 13 ގަޑި އިރުވަންދެން ޕްލާސްޓިކް ގޮނޑިއެއްގައި އެމަނިކުފާނު ބައިންދަވަނީ، ކެއުމާއި، ފާޚާނާ ކުރެއްވުމުގެ އިތުރުން ނަމާދު ކުރައްވަންވެސް ފުރުސަތު ނުދެއްވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.
14 Jun 2023
"ޔާމީންގެ މައްސަލަ ކުރިއަށް ގެންދަނީ ފަނޑިޔާރުން ކުޑަކަކޫ ޖައްސަވާފައި"
ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މިހާރު ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ހިނގަމުންދާ މައްސަލަތައް ކުރިއަށް ގެންދަނީ ފަނޑިޔާރުން ކުޑަކަކޫ ޖައްސަވައި، ބިރު ދައްކަވައިގެން ކަމަށާ, އެކަން އެގޮތަށް ކުރައްވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާ، އޭދަފުށީ ދާއިރާގެ މެންބަރު ހިސާން ހުސައިން ކަމަށް އިދިކޮޅުން ތުހުމަތު ކުރައްވައިފިއެވެ.
14 Jun 2023
"މުޅި ނިޒާމު ބޭނުންކޮށްގެން ރައީސް ޔާމިނަށް ދަނީ އަނިޔާ ކުރަމުން"
މުޅި ނިޒާމު ބޭނުންކޮށްގެން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާކުރަމުން ދާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
14 Jun 2023
"މި އޮތީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ހާލަތަށް މުއައްސަސާތައް ވައްޓާލާފައި"
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު މިއަދު ވެރިކަން ކުރައްވަމުން ގެންދަވަނީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ޙާލަތަށް މުއައްސަސާތައް ވައްޓާލައިގެންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
13 Jun 2023
ޔާމީނަށް އަނިޔާ ކުރާ ކަމަށް ބުނެ އިދިކޮޅު ރައީސް އޮފީހަށް
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަށް އަދުގެ ސަރުކާރުން އަނިޔާ ކުރަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ރައީސް އޮފީހަށް ވަޑައިގެންފިއެވެ.