ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
20 Jun 2023
"ހޯމް މިނިސްޓަރު އިމްރާނަކީ ބޮޑު ފިނޑިއެއް"
ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ އަކީ ބޮޑު ފިނޑިއެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
20 Jun 2023
"މުޒާހަރާ ހަލަބޮލިކުރީ ސަރުކާރުން ފޮނުވި ގޭންގަކުން، ފުލުހުން އަނިޔާކުރުން ކުށްވެރިކުރަން"
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ހޯމަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހަރަކާތުގެ ތެރެއަށް ވަދެ ހަމަނުޖެހުން އުފައްދާ، މުޒާހަރާ ހަލަބޮލިކުރީ ސަރުކާރުން ފޮނުވި ގޭންގަކުން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (އިދިކޮޅުން) ބުނެފި އެވެ.
19 Jun 2023
ޕީޕީއެމްގެ މެމްބަރުންތަކެއް ގޮވައިގެން ޤާލިބު އެމްޑީޕީއަށް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންނެވި އެ ޕާޓީގެ ސެނެޓަރު އަޙުމަދު ޤާލިބު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފި އެވެ.
19 Jun 2023
"ރައީސްގެ ފަރާތްޕުޅުން ޔާމީނަށް އަނިޔާ ލިބޭނަމަ މައްސަލަ ކަމާބެހޭ ފަރާތަށް ހުށަހަޅުއްވާ"
އިދިކޮޅުން އިއްޔެ ރައީސް ޞާލިހަށް ލިޔުއްވި ސިޓީއަށް ހަވާލާދީ ރައީސް އޮފީހުން ފޮނުއްވާފައިވާ ސިޓީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްއަށް އަނިޔާއެއް ލިބޭކަމަށް ގަބޫލުކުރާނަމަ އެކަން ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅުއްވުމަށް އެ އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.
18 Jun 2023
ފުރަތަމަ ފަހަރަށް ޕީޕީއެމް އާއި ދި ޑިމޮކްރެޓްސް އެކުގައި މުޒާހަރާއަށް
ފުރަތަމަ ފަހަރަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ދި ޑިމޮކްރެޓްސް އެކުގައި ސަރުކާރާއި ދެކޮޅަށް މަގުމަތީގެ މުޒާހަރާކޮށްފި އެވެ.
18 Jun 2023
އިންތިހާބުގައި ރައީސް ޞާލިހު ވާދަ ނުކުރެއްވުމުގެ ފުރުސަތު އެބައޮތް: އިދިކޮޅު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހު ވާދަ ނުކުރެއްވުމުގެ ފުރުސަތު އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
18 Jun 2023
އަޅުގަނޑުމެން މިދަނީ ވެރިކަމާ ހަވާލުވާން: އިދިކޮޅު
އިދިކޮޅޫ ޕީޕީއެމް/ޕީއެންސީން ތައްޔާރުވަމުން ދަނީ ވެރިކަމާ ހަވާލުވާން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
18 Jun 2023
ބައްދަލު ނުވުމުން، އިދިކޮޅުގެ ސިޓީއެއް ރައީސް ޞާލިހަށް
ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާއި، އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި މެދު ސަރުކާރުން ކަން ކުރަމުން އަންނަ ގޮތާއިމެދު، އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ހިއްސާ ކުރެއްވުމަށް ވަޑައިގަންނަވާތާ 4 ދުވަސް ވީއިރުވެސް ބައްދަލުވާގޮތް ނުވުމުން، އިދިކޮޅުން އެމަނިކުފާނަށް ސިޓީއެއް ފޮނުއްވައިފި އެވެ.