ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
03 Jun 2023
"ސަރުކާރުން ފޮނުވާ ބަޔަކު "އިންޑިއާ އައުޓް" ބެނާ ދަމަން އުޅޭކަން އެނގުނު"
"ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު" ޖަލްސާގެ ތެރޭގައި އިންޑިއާއައުޓް ބެނަރ ދެމީ ޖަލްސާއަށް ހުރަސް އެޅުމަށް ސަރުކާރުން ފޮނުވި ބައެއް ކަމަށާ، އެކަން ޖަލްސާ ފެށުމުގެ ކުރިން އެނގިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
01 Jun 2023
ރައީސް ޔާމީނުގެ ޑެޕިއުޓީ ކެމްޕޭން މެނޭޖަރަކަށް ނާޒިމް
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އަބްދުالله ޔާމީން އަބްދުލްޤައްޔޫމުގެ ޑެޕިއުޓީ ކެމްޕޭން މެނޭޖަރަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް ހަމަޖައްސަވައިފިއެވެ.
01 Jun 2023
ރިޔާސީ އިންތިހާބުގައި ޔާމީނުގެ ކެމްޕޭން މެނޭޖަރަކަށް އަމީން
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ކެމްޕޭން މެނޭޖަރަކަށް ކެޕްޓަން މުހައްމަދު އަމީން ހަމަޖައްސަވައިފިއެވެ.
29 May 2023
"މިއަދު ނުލިބެނީ މައުލޫމާތެއްތޯ؟ ކޮން މިނިވަންކަމެއްތޯ؟"
ދައުލަތެއްގެ ވެރިއެއްގެ ހައިސިއްޔަތުން މިއަދު އެންމެ ގިނައިން މީޑިއާތަކާއި ބައްދަލުކޮށް ސާފުމައުލޫމާތު ރައްޔިތުންނާއި ހަމައަށް އޮޅުންފިލުވައިދޭ އެއް ރައީސްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހިމެނޭ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
29 May 2023
ތުރުކީގެ ރައީސް އުރުދުޣާންއަށް ރައީސް ޔާމީންގެ މަރުހަބާ!
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން ތުރުކީގެ ރިޔާސީ އިންތިޚާބު އިއްޔެ ކާމިޔާބު ކުރެއްވި ރަޖަބް ޠައްޔިބް އުރްދުޣާން އަށް ހޫނު މަރުހަބާ އެއް ދަންނަވައިފިއެވެ.
27 May 2023
"އެމްޑީޕީއަށް ބާރުލިބޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް ހިތުން ނުފިލާވަރުގެ ލަގާއެއް ދޭ"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް ހިތުން ނުފިލާވަރުގެ ލަގާއެއް ދޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
26 May 2023
ފަނޑިޔާރުގެތައް އިސްލާޙު ވެއްޖެއޭ ބުނީމަ ލަދުން މިތިބީ: ޠާރިޤް
ފަނޑިޔާރުގެތައް އިސްލާޙް ވެއްޖެކަމަށް ރައީސް ޞާލިޙް ވިދާޅުވާތީ އެބޭފުޅުން ތިއްބެވީ ލަދުން ކަމަށް  މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ޠާރިޤް ޓޮމް ވިދާޅުވެއްޖެއެވެ.
23 May 2023
"އަޅުގަނޑަކީ ދައުލަތުގެ އިދާރާއަކަށް ފިލައިގެން އުޅޭ މީހެއް ނޫން"
ދައުލަތުގެ އެއްވެސް އިދާރާއަކަށް ފިއްލަވައިގެން ނޫޅުއްވާކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އަދި އިންޑިއާ އެންބަސީގައި ހުޅުޖަހަން ހިތްވަރުދޭ ފަދަ މޭރުމަކުން މީސްމީޑިއާގައި ވާހަކަ ދެއްކި އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.