ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
17 Apr 2023
"ޕީޕީއެމުން ޑރ މުއިއްޒުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް"
ޕީޕީއެމްގެ ނައިބުރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒުގެ ސުލޫކީ މައްސަލައެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އާއިލާއިން ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށައަޅާފައިވާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއްކަމަށް އެ ޕާޓީން ބުނެފި އެވެ.
16 Apr 2023
"ފަހު ދިހައެއްގައި މަގުމައްޗަށް ނިކުންނަން މަޖުބޫރުކުރީ ސަރުކާރުގެ އަނިޔާވެރިކަން"
ރަމަޟާން މަހުގެ ފަހު ދިހައެއްގައި މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރަން ޖެހުނީ މި އަނިޔާވެރި ސަރުކާރުގެ ކިބައިން ޤައުމު ސަލާމަތްކުރުމުގެ މަސައްކަތް ކުރުމަށްކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
15 Apr 2023
"ވޯޓުލާ ވަގުތު އިތުރު ކުރީ ނުފޫޒު ފޯރުވައިގެންކަމަށް އީސީގެ ރައީސް އެއްބަސްވެއްޖެ"
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލާ ވަގުތު އިތުރުކުރީ ސަރުކާރުން އިލެކްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެންކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު އެއްބަސްވެވަޑައިގެންފައި ވާކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
15 Apr 2023
މަޝްވަރާނުކޮށް ވޯޓުލާ ވަގުތު އިތުރުކުރުން ޕީޕީއެމުން ކުށްވެރިކޮށްފި
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން އިތުރުކުރިއިރު އެ އިންތިޚާބުގައި ވާދަކުރާ ޕީޕީއެމާއި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާތީ، އެކަން އެ ޕާޓީން ކުށްވެރިކޮށްފި އެވެ.
13 Apr 2023
އެމްޓީސީސީގެ ބަހަކަށް ހުރަސް އެޅުމާއިއެކު އާޒިމްގެ ކަންބޮޑުވުން
ރޭ އިދިކޮޅުން ކޮށްފައިވާ މުޒާހަރާއެއްގައި އެމްޓީސީސީގެ ބަހަކަށް ހުރަސްއަޅާ ވީޑިއޯއެއް ސޯސަލް މީޑީއާގައި އާންމުވުމާއި ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވާފިއެވެ.
06 Apr 2023
"ސަރުކާރުން އުޅެނީ ކޮމަންޑޫ އިންތިޚާބަށް ހެދިގޮތް ގުރައިދޫ އިންތިޚާބަށް ހަދަން"
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ހަދަމުންދަނީ މީގެ ކުރިން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ހެދިގޮތް ކަމަށް އިދިކޮޅުން ބުނެފި އެވެ.
06 Apr 2023
"ބަހާނެ އެއްޗެއް ނެތް، އޮތީ ބޭބެގެ ލެގަސީ ދެމެހެއްޓުން"
ގުރައިދޫ ދާއިރާގެ އިންތިޚާބުގައި މާއްދީގޮތުން ރައްޔިތުންނަށް ބަހާނެ އެއްޗެއް ނެތް ކަމަށާއި، އޮތީ މީގެކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ބޭބެގެ ލެގަސީ ދެމެހެއްޓުނަކަމަށް ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރިޒާ ވިދާޅުވެއްޖެ އެވެ.
05 Apr 2023
އެމްޑީޕީ ހަ މެމްބަރަކު ޕާޓީ ދޫކޮށް ޕީޕީއެމްއަށް
ކ މާފުށީގައި އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓުންގެ ގޮތުގައި ފާހަގަ ކުރެވޭ ދެ މީހަކު ހިމެނޭހެން ޕީޕީއެމް އާއި 6 މީހަކު ގުޅިއްޖެއެވެ.