ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
18 Mar 2023
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާމެދު އެހެން ޕާޓީތަކުން ސުވާލު އުފައްދާނެކަމެއް ނެތް"
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ނެތްކަމަށް މިވަގުތު އިދިކޮޅު އިއްތިހާދު ހިންގެވުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
17 Mar 2023
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޅި ރާއްޖޭގައި ކުރާ އިހްތިޖާޖު ފަށައިފި
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި މުޅި ރާއްޖޭގައި ކުރާ އިހްތިޖާޖު ފަށައިފިއެވެ.
17 Mar 2023
ރައްޔިތުން ތިބީ ރައީސް ޔާމީންގެ ތަރައްގީގެ ހަރު ދުވެއްޔަށް އެދިއެދި: ޣައްސާން
ދިވެހި ރައްޔިތުން ތިބީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީގެ ހަރު ދުވެއްޔަށް އެދިއެދި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
17 Mar 2023
ނޫސްވެރިކަމުގެ ހައްގަށް އަރައިގަންނަ މައްސަލަތައް މި އަހަރު އިތުރުވެއްޖެ"
ނޫސްވެރިކަމުގެ ހައްގުތަކަށް އަރައިގަންނަ މައްސަލަތައް މި އަހަރުތެރޭގައި އިންތިހާއަށް އިތުރުވެގެންގޮސްފައިވާ ކަމަށް ބުނެ ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ކަންބޮޑުވުން ފާޅުކޮށްފި އެވެ.
15 Mar 2023
ހުކުރު ދުވަހު މުޅި ރާއްޖޭގައި އިދިކޮޅުގެ އިހުތިޖާޖެއް ބާއްވަނީ
ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އިދިކޮޅު އިއްތިހާދުން އިއުލާނުކޮށްފި އެވެ.
15 Mar 2023
"ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ނެރުމަށް އެދިފައެއް ނުވާނެ"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ނޫން އެހެން ކެންޑިޑޭޓެއް ނެރުމަށް އިދިކޮޅު އިއްތިހާދުން އެމަނިކުފާނުގެ ލަފާފުޅަކަށް އެދިވަޑައިގެންފައި ނޯންނާނެކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
15 Mar 2023
"ކުރީ ސަރުކާރުގެ މަޝްރޫއުތަކުގެ ކްރެޑިޓް ނެގުމަކީވެސް ކޮރަޕްޝަން"
ކުރީ ސަރުކާރުގެ މަޝްރޫއުތައް އަމިއްލަކޮށް، އެ މަޝްރޫއުތަކުގެ ފުލް ކްރެޑިޓް ނެގުމަކީވެސް ކޮރަޕްޝަންކަމަށް މަޖިލީހުގެ ފަރެސްތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ.
14 Mar 2023
މުޒާހަރާތަކުގައި ބާރުގެ ބޭނުންކުރާ މައްސަލަ ބެލުމަށް ގޮވާލައިފި
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާ މައްސަލަ ބެލުމަށް ޓްރާންޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.