ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
09 Mar 2023
ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓު ރިޒާގެ ކޮއްކޮ އަށް
ކ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓު އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ އަށް ދީފިއެވެ.
08 Mar 2023
"ހައިކޯޓުގެ ރަޖިސްޓްރާ އިދިކޮޅާއި ބައްދަލު ނުކުރަނީ ސަރުކާރުން އަންގައިގެން"
ހައިކޯޓުގެ ރަޖިސްޓްރާ ވާދަވެރި ސިޔާސީ ޕާޓީގެ ލީޑަރުންނާއި ބައްދަލު ނުކުރައްވަނީ ޖޭއެސްސީން އަންގައިގެންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
08 Mar 2023
"ޖޭއެސްސީ އިސްލާޙުކުރުން ފަސް ކުރަނީ ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަން"
ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭގޮތަށް ކޮމްޕޮސިޝަން ބަދަލުކޮށް ޖޭއެސްސީ އިސްލާހުކުރުން ސަރުކާރުން ފަސްކުރަނީ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްކަމަށް ވާދަވެރި ސިޔާސީ ޕާޓީން ބުނެފި އެވެ.
08 Mar 2023
"ދެ ރައީސުންގެ މައްސަލަ ހުށައެޅީ ފައިސަލްއަށް ވެރިކަން ހޯދައިދޭކަށް ނޫން"
ދެ ރައީސުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ފަހަރެއްގައިވެސް ވެރިކަން ބަދަލުކޮށް ފައިސަލް ނަސީމަށް ވެރިކަން ހޯދައިދޭން ނޫންކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.
07 Mar 2023
ދެ ރައީސުންގެ މައްސަލަ ސުޕްރިމްކޯޓުން ބޭރުކޮށްލައިފި
ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ހުވާ ކޮށްގެން ދެ ރައީސުން ތިއްބެވުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ހޯދަން އިދިކޮޅުު ކޯލިޝަނުން ސުޕްރިމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
07 Mar 2023
އިދިކޮޅު ލީޑަރުން މިއަދުވެސް ހައިކޯޓަށް ވަޑައިގެންފި
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފް ބަލައިގަތުމާއިމެދު ހައިކޯޓުން ގޮތެއް ނުނިންމާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުން މިއަދުވެސް ހައިކޯޓަށް ވަޑައިގެންފި އެވެ.
06 Mar 2023
"ޝަކީލު ހައިކޯޓަށް އައްޔަން ކުރަން ނިންމި ނިންމުން މުރާޖާ ކުރަން ޖެހޭ"
ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަހުމަދު ޝަކީލު، ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން މުރާޖާ ކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.
06 Mar 2023
ޕީޕީއެމްއިން ގުރައިދޫ ދާއިރާގެ ޕްރައިމަރީ ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުށަހަޅައިފިއެވެ