ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
20 Feb 2023
"އިންޑިއާއަށް ޓެކްސް މާފުކޮށްދިނުމަކީ ރައްޔިތުން ދެވަނަ ދަރަޖައަށް ވައްޓާލުން"
މި ސަރުކާރުން ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހަދާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
20 Feb 2023
"އިންތިހާބަށް ފައިސާ ހޯދަން ތިލަފުށިން ބިން ދޫކުރަނީ އިންޑިޔާއަށް"
ކ. ތިލަފުށީން ބޭރުގެ ކުންފުނިތަކަށް ބިން ކުއްޔަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ސިޔާސީ ބޭނުމަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފައިސާ ހޯދައި ވައްކަން ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
20 Feb 2023
"ދިވެހި ސިފައިން ނިކުމެ މާރިޔާ ހައްޔަރުކުރަން ޖެހޭ"
ދިވެހި ސިފައިން ނިކުމެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މާރިޔާ ދީދީ ހައްޔަރުކުރަން ޖެހޭކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
18 Feb 2023
"އިންޑިއާ ރުއްސަން ދިވެއްސަކަށް ޖޯކު ޖެހުން ބަލައެއް ނުގަނެވޭ، މިނިސްޓަރު މާފަށް އެދެން ޖެހޭ"
ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފުތަކަށް ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވާ މާރިޔާ އަހުމަދު ދީދީ ޖޯކު ޖައްސަވާ މަލާމާތް ކުރީ އިންޑިއާ ރުއްސަން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
18 Feb 2023
މާރިޔާ ވިދާޅުވި ދަށުދަރަޖައިގެ ބަހަށް ޖަވާބުދާރީ ކުރުވަން މަޖިލިހަށް ހާޒިރުކުރުވާނަން"
ޞަމަދު އާއި މެދު ދިފާއީ ވަޒީރު މާރިޔާ ދީދީ ވިދާޅުވި ދަށުދަރަޖައިގެ ބަސްފުޅަށް ޖަވާބުދާރީ ކުރުވުމަށް އެކަމަނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުވާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދް ޝިޔާމް ވިދާޅުވެއްޖެއެވެ.
14 Feb 2023
ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލި ކުއްލި މައްސަލަ ބަލައެއްނުގަތް
ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވައިލައި ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.
14 Feb 2023
"ރާއްޖޭގައި ތަފާތު ދީންތަކަށް ޖާގަ ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރޭ"
ދިވެހިރާއްޖޭގައި ތަފާތު ދީން ތަކަށް ޖާގަ ހޯދައިިދިނުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މޮހައްމަދު އިސްމާއިލް ތުހުމަތު ކުރައްވައިފި އެވެ.
14 Feb 2023
ދިވެހި ޒުވާނެއް ގެއްލިގެން އުޅޭކަން ރައީސް ޞާލިހަށް އެނގިލައްވާތޯ؟
މި މަހުގެ 4 ވަނަ ދުވަހު ގެއްލުނު އައްޑޫ ސިޓީގެ ޒުވާނާ ނުފެނި 10 ދުވަސް ފާއިތުވެގެންދާއިރު އެކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އެނގިލައްވާތޯ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ސުވާލު ކުރައްވައިފި އެވެ.