23 Feb 2023
ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ރިޒާ އަވަހާރަވެއްޖެ
ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިޒާއަކީ ޕީޕީއެމްގެ ގޮޑިއަށް 2009 ވަނަ އަހަރު އެ މަޤާމަށް އިންތިޚާބުވި ބޭފުޅެކެވެ. މިއީ ރިޒާ މަޖިލީހުގައި ތިންވަނަ ދައުރެވެ.